English Edition
Dhivehi Edition

އެސްޓީއޯއިން ބާޒާރުގައި ޑީސަލް ވިއްކާ އަގު ބޮޑު ކޮށްފިއެވެ

އެސްޓީއޯއިން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުން ދިއުމާއި ގުޅިގެން ޑީސަލް ވިއްކާ އަގު އެސްޓީއޯއިން ބޮޑުކުރަން ނިންމައިފިކަމަށެވެ. މިގޮތުން 07 ޖޫން 2018 އިން ފެށިގެން ޑީސަލް ލީޓަރަކުން 10 ލާރި ބޮޑުކުރަން ނިންމާފައިވާ ކަމަށެވެ.

އަގަށް ގެނައި ބަދަލާއި ގުޅިގެން މިއަދުން ފެށިގެން ޑީސަލް ލީޓަރެއް ވިއްކާނީ 11.23ރ އަށެވެ

މިއީ އެސްޓީއޯއިން ޑީސަލްގެ އަގު މި ރަމަޟާން މަހުގައި ބޮޑު ކުރި ދެވަނަ ފަހަރެވެ. މިދިޔަ މަހުގެ 24 ވަނަ ދުވަހު އެސްޓިއޯ އިންވަނީ ޑީސަލް ލީޓަރަކުން 41 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 35 ލާރި ބޮޑުކޮށްފައެވެ..