English Edition
Dhivehi Edition

އައްޑޫ ސިޓީ މަރަދޫގައި ރޭ ދެ ގްރޫޕެއްގެ މެދުގައި ހިންގި މާރާމާރީއަކާ ގުޅިގެން ފުލުހުން ހަތަރު މީހަކު ހައްޔަރު ކޮށްފި އެވެ

މަރަދޫގައި މިހާރު ކުރިއަށްދާ ގޯދިއްޔާ ފުޓްސަލް މުބާރާތް ބަލަން ދިޔަ ހިތަދޫގެ ޒުވާނުންތަކަކާއި ފޭދޫގެ ޒުވާނުންގެ ބަޔަކާ ދެމެދު ހިނގި މި މާރާމާރީ ހިންގަން ދިމާވި ސަބަބެއް ސާފުވެފައިނުވާއިރު ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ

ރޭ ހިނގި މަރާމާރީ އަށްފަހު ދަނޑު ކުރިމަތީގައި ހުންނަ “ޗިލްބޭ “ރެސްޓޯރަންޓް ގައި ތިބި ބަޔަކަށް އަމާޒު ކޮށް ވަނީ ހަމަލާދީފައެވެ

ރެސްޓޯރެންޓްގައި ހިންގި މާރާމާރީ އާއި ގުޅޭގޮތުން މަންޒަރު ދުށްމީހަކު “އޭއޯނިއުސް” އާ ވާހަކަދައްކަމުން ބުނެފައި ވަނީ މާރާމާރީ ހިންގި މީހުން އެތަނުގައި ތިބި މަރަދޫ އަށް ނިސްބަތްވާ ބަޔަކަށް ހަމަލާ ދިނީ ތޫނު އެއްޗަކުން ކަމަށެވެ. އޭނަ އިތުރަށް ބުނި ގޮތުގައި ރެސްޓޯރެންޓްގައި ހިންގި މާރާ މާރީއަށް ފަހު ރޭ މަރަދޫގައި ވަނީ ސައިކަލެއްގައި ވެސް ރޯކޮށްލާ ފައެވެ