English Edition
Dhivehi Edition

އައްޑު ސިޓީ މަރަދޫ ގައި ހިންގަމުންދާ ރެސްޓޯރެންޓެއްކަމަށްވާ “ޗިލްބޭ ” ރެސްޓޯރެންޓަށް މިރޭ ބަޔަކު ވަދެ އެތަނަށް ގެއްލުން ދީފިއެވެ.

މަންޒަރު ދުށް މީހަކު “އޭއޯނިއުސް” އަށް މައުލޫމާތު ދެމުން ބުނީ، އެތަނުގެ ބިއްލޫރި ދޮރު ތަޅާލާފައި މިރޭ ގާތްގަނޑަކަށް 12:10 ވީއިރު ވަދެ ގެއްލުންދިނީ މޫނުނިވާ ކޮށްގެން ތިބި ބައެއްކަމަށެވެ. މީގެއި ތުރުން އޭނަ ބުނެފައިވަނީ ރެސްޓޯރަންޓަށް ވަދެ ހަމަލާދީފައި ވަނީ މަރަދޫއަށް ނިސްބަތްވާ ބައެއްކަމަށެވެ.

ހަބަރު ލިބިފައި ވާގޮތުގައި ރެސްޓޯރަންޓަށް ދިން ހަމަލާއަކީ މިރޭ މަރަދޫ ވެންބޮޅޮފިށި ސްޓޭޑިއަމްގައި ފުޓްސަލް މެޗެއްބަލަން ގޮސްތިބި ދެގްރޫޕެއްގެ މެދުގައި މާރާމާރީ ހިނގުމަށްފަހު ރެސްޓޯރަންޓް ގައި ތިބި ބަޔަކަށް އަމާޒު ކޮށް ދިންހަމަލާއެއްކަމަށެވެ.

ރެސްޓޯރެންޓްގައި ހިންގި މާރާމާރީ އާއި ގުޅޭގޮތުން މަންޒަރު ދުށްމީހަކު “އޭއޯނިއުސް” އާ ވާހަކަދައްކަމުން ބުނެފައި ވަނީ މާރާމާރީ ހިންގި މީހުން އެތަނުގައި ތިބި މަރަދޫ އަށް ނިސްބަތްވާ ބަޔަކަށް ހަމަލާ ދިނީ ތޫނު އެއްޗަކުން ކަމަށެވެ. އޭނަ އިތުރަށް ބުނި ގޮތުގައި ރެސްޓޯރެންޓްގައި ހިންގި މާރާ މާރީއަށް ފަހު މިރޭ މަރަދޫގައި ވަނީ ސައިކަލެއްގައި ވެސް ރޯކޮށްލާ ފައެވެ.

ނަމަވެސް މާރާމާރީގައި އެމީހުންނަށް އަނިޔާ ވިނަމަވެސް ލިބުނު އަނިޔާގެ އިތުރު ތަފްސީލެއް އަދިވަނީ ލިބޭގޮތް ނުވެފައެވެ. މިރޭގެ މިހާދިސާ އާއި ބެހޭގޮތުން އިތުރު ތަފްސީލް ހޯދުމަށް ފުލުހުންނަށް “އޭއޯ ނިއުސް” އިން ގުޅަން ކުރި މަސައްކަތް ނާކާމިޔާބު ވުމުން ވަނީ ފުލުހުންގެ ބަހެއް ލިބޭގޮތް ނުވެފައެވެ.