English Edition
Dhivehi Edition

މިމަހު ރަޝިޔާގައި ފަށާ ފީފާ ވޯލްޑްކަޕްއަށް ތަށްޔާރު ވުމުގެ ގޮތުން ދުނިޔޭގެ ޗެމްޕިއަން ޖަރުމަން އާއި އޮސްޓްރިއާ ބައްދަލުކުރި މެޗު އޮސްޓިރާއިން ކާމިޔާބުކޮށްފިއެވެ.

32 އަހަރަށްފަހުން ފުރަތަމަ ފަހަރަށް އޮސްޓިރިއާއިން ޖަރުމަން ބަލިކުރީ ފަހަތުން އަރާ 2-1 ގެ ނަތީޖާއަކުންނެވެ.

މިދެޓީމް ބައްދަލު ކުރި ބައިނަލް އަގުވާމީ ރަޙްމަތްތެރި ކަމުގެ މެޗުގައި އާސެނަލްގެ މުހިންމު ކުޅުންތެރިޔާ މީސުޓް އޮޒިލް މެޗުގެ ކުރީ ކޮޅު ޖަރުމަނަށް ލީޑު ނަގައިދިން ނަމަވެސް ދެވަނަ ހާފު ފެށިގެން އޮސްޓްރިއާއިން ވަނީ ކުޅުން ރަނގަޅުކޮށް ގާތްގާތުގައި ދެ ލަނޑު ޖަހާ އެޓީމު ކޮޅަށް ނަތީޖާ އަނބުރާލާފައެވެ.

ދެވަނަ ހާފު ފެށިގެން އޮސްޓްރިއާ އިން މޮޅު ކުޅުމެއް ދައްކާފައިވާއިރު އޮސްޓިރިއާގެ ފުރަތަމަ ލަނޑު 53 ވަނަ މިނެޓުގައި އޮސްޓްރިއާގެ މާޓިން ހިންޓަރަގާ ކާމިޔާބުކޮށްދިން އިރު އޮސްޓިރިއާގެ ދެވަނަ ލަނޑު ޖަރުމަނު ކޮޅަށް ޖެހީ އެލެސްންދްރޯއެވެ.

މި މެޗުން ބަލިވުމާއެކު ޖަރުމަން ވަނީ މިހާރު ޖެހިޖެހިގެން 5 މެޗުން ބަލިވެފައެވެ. މިއީ 1988 ވަނަ އަހަރަށްފަހު ޖަރުމަން ފުޓްބޯޅަ ޓީމު ޖެހިޖެހިގެން 5 މެޗުން ބަލިވި ފުރަތަމަ ފަހަރެވ

ވޯލްޑް ކަޕުގެ ކުރިން ކުޅޭ ފަހު އެކުވެރި ކަމުގެ މެޗު ޖަރުމަނު ޓީމުން ކުޅޭނީ ކުރިޔަށް އޮތް ހުކުރު ދުވަހު ލެވަކޫސެންގައި ސައުދީ އާއި ދެކޮޅަށެވެ