ރައީސް މައުމޫންގެ މައްޗަށް ދައުލަތުން ކުރާ ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން ދިފާއީ ހެކިންގެ ގޮތުގައި 100 އަށް ވުރެ ގިނަ މީހުންގެ ލިސްޓެއް ހުށަހަޅަފައިވެއެވެ.
ރައީސް މައުމޫންގެ މައްޗަށް ކުރާ ޓެރަރިޒަމުގެ ދައުވާއާ ގުޅިގެން ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކުގެ ގޮތުގައި ރައީސް މައުމޫންގެ ފަރާތްޕުޅުން މީގެ ކުރިން ވަނީ 29 ހުށަހެޅުމެއް ހުށަހަޅުއްވާފަ އެވެ. މި ހުށަހެޅުންތައް ކޯޓުން އަދި އަނބުރާ ފޮނުވާލާފައެއް ނުވެ އެވެ.
ރައީސް މައުމޫންގެ މައްޗަށް ވަނީ އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ދައުވާ ވެސް އުފުލާފަ އެވެ.
ރައީސް މައުމޫންގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމުގެ ދައުވާ ސާބިތުވެއްޖެނަމަ އެމަނިކުފާނުގެ މައްޗަށް 17 އަހަރުގެ ޖަލު ހުކުމެއް އިއްވާނެ އެވެ.