English Edition
Dhivehi Edition

ބޭނުންވާތަކެތި:

3 ދަޅު ކްރީމް (ނެސްލޭ)

1 ދަޅު ގެރިކިރު

1 ސައިސަމުސާ ވެނީލާ އެސެންސް

1 ޕެކެޓް މާރީ ބިސްކޯދު

1 ދަޅު ފްރުޓްކޮކްޓެއިލް

ތައްޔާރު ކުރާނެގޮތް:

ކްރީމް، ގެރިކިރު އަދި ވެނީލާ އެސެންސް އެއްކޮށް ބޯތައްޓަކަށް އަޅާފައި ހޭންޑް މިކްސްސަރ ބޭނުންކޮށްގެން ރަނގަޅަށް ގިރާލާށެވެ. އެއަށްފަހު ޓްރޭ އެއްގައި މާރީބިސްކޯދު ފަތުރާލުމަށްފަހު އޭގެ މައްޗަށް ކްރީމް ލޭޔާރ އެއް އަޅާލާށެވެ. މިގޮތަށް 3 ލޭޔަރ ހަދާލާށެވެ. އެއަށްފަހު މައްޗަށް ފްރުޓް ލޭޔަރ އެއް އަޅާލާށެވެ. ގާތްގަޑަކަށް 4 ގަޑިއިރު ވަންދެން ފްރިޖުގައި ބަހައްޓައިގެން ފިނިކުރުމަށްފަހު ސަރވް ކޮށްލާށެވެ.