English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލީސް ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އީވާ އަބްދުﷲ އާއި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް، ސިފައިންގެ ޔުނީފޯމް ފަހާފައި ހުންނަ ފޮއްޗާއި ދާދި އެއްކަލަ ފޮއްޗަކުން ފަހާފައިވާ ގަމީސް ލައިގެން ރައްޔިތުން މަޖިލީހުގެ ގޯތިތެރެއަށް ވަދެއްޖެއެވެ. ކެމަފްލާޖް ހެދުމުގައިމަޖިލީހުގެ އިދާރާއަށް ވަނުމަށް ގަމަހުލޫފް އާއި އީވާ މަސައްކަތް ކުރެއްވުމުން މަޖިލީހުގެ އިދާރާއަށް އެބޭފުޅުން ވެންނެވުމުގެ ކުރިން ސިފައިން ވަނީ ދެބޭފުޅުންނަށް ހުރަސް އަޅާފައެވެ. އީވާ އާއި މަހުލޫފް މިއަދު މަޖިލިހުގެ އިދާރާއަށް ވަދެފައިވަނީ މަޖިލީހުގެ ޖަލްސާއެއް އިއްޔެ ބާއްވާނެ ކަމަށް އިދިކޮޅު މެމްބަރުން ވިދާޅުވެފައި ވަނިކޮށް، މަޖިލީހުގެ އިދާރާގެ ހުރިހާ ގޭޓުތައް ތަޅުލައި، އަދި ގަދަކަމުން މަޖިލިހުގެ ގޯތިތެރެއަށް ވަން މެމްބަރުން މަޖިލިހުން ނެރެފައިވަނިކޮށެވެ. ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއް އިއްޔެ ބާއްވާނެ ކަމަށް އިދިކޮޅު މެމްބަރުން އިއުލާން ކުރައްވާފައިވަނިކޮށް، މަޖިލީހުގެ އިދާރާގެ ގޭޓްތައް ތަޅުލުމަށް ފަހު، މިއަދު އަލުން ވަނީ ގޭޓްތައް ހުޅުވާފައެވެ.