އަދި ރިއަށް އޮތް ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް ޝަރުތު ހަމަވާ ފަރާތްތަކަށް އެ ފުރުސަތު ދޭނެކަމަށާއި އެހެންކަމުން އަންނަ އިންތިހާބު މިނިވަން އިންސާފުވެރި ވާނެ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.
ފޮރިން މިނިސްޓްރީން ބުނީ ހަރުދަނާ ޑިމޮކްރަޓިކް ނިޒާމެއްގައި އިދިކޮޅު ފަރާތްތަކުގެ ވެސް ހިއްސާ އޮންނަން ޖެހޭނެ ކަމަށާއި އެފަރާތްތަކުގެ އަމަލުތައްވެސް ގާނޫނާ ގަވައިދުގެ ތެރެއަށް ފެތެން ޖެހޭނެ ކަމަށެވެ. އެފަދަ ގާނޫނާ ހިލާފު އަމަލުތައް ހުއްޓުވައި ގާނޫނާއި އިންސާފު ނެގެހެއްޓުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކަކީ ރާއްޖޭގެ ގާނޫނު އަސާސީގެ ދަށުން ލިބިފަައިވާ އެކިއެކި މިނިވަންކަމަށް އަރައިގަތުން ކަމަށް ނުބެލެވޭނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
އަދި އިންސާފުވެރި އިންތިހާބަކަށް ފުރުސަތު ދިނުމުގެ ގޮތުން އިޔޫ ފަދަ ގައުމުތަކުންވެސް ރާއްޖޭގައި ގާނޫނު އަސާސީއާ ހިލާފަށް އަމަލުކުރަމުންދާ އިދިކޮޅު ފަރާތްތަކަށް ގާނޫނަށް ހުުރުމަތްތެރިކޮށް ހިތުމަށް ގޮވާލުމަށް ފޮރިން މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.