English Edition
Dhivehi Edition

ބޭނުންވާތަކެތި: (ހަތަރުތަށްޓަށް)

1 ދޮންއަނބު ތޮށިމަށާ ކޮށާފައި

2 ދޮނަކެޔޮ ތޮށިނަގާ ކޮށާފައި

4 ޖޯޑު ފިނިކުރި ކިރު

2 ސައިސަމުސާ މާމުއި

އައިސްކިއުބް

ގާނިޝްކުރުމަށް: އަންނާރު އޮށް، ގްރޭޕްސް (ކުދިކޮށްކޮށާފައި)

ތައްޔާރު ކުރާނެގޮތް:

މިކްސަރަށް ދޮންކެޔޮ، އަދި އަނބު އެޅުމަށްފަހު ރަނގަޅަށް ގިރާލާށެވެ. ދެން ކިރުފޮދެއް އެޅުމަށްފަހު އަނެއްކާ ގިރާލާށެވެ. އެއަށްފަހު މާމުއި، އައިސްކިއުބް އަދި ބާކީހުރި ކިރު އަޅާލުމަށްފަހު އޮލަވަންދެން ގިރާލާށެވެ. ކޮންމެތަށްޓަކަށް ކޮށާފައި ހުރި ގްރޭޕްސް އެޅުމަށްފަހު ތައްޔާރު ކުރި މިލްކްޝޭކް އެޅުމަށްފަހު މައްޗަށް އަންނާރު އޮށްތައް އަޅާފައި ގާނިޝްކޮށްލާށެވެ.