ހއ. އަތޮޅު އިންނަފިނޮޅު ފަރަށް އެރި ބޭރު ގައުމެއްގެ ބޯޓެއްގައި ރޯކޮށްލުމަށްފަހު އޭގައި ތިބި ފަޅުވެރިން ސިފައިންނަށް ފިލަން ކަނޑަށް ފުންމާލައިފިއެވެ
މި ބޯޓު ފަރަށް އަރާފައި އޮއްވާ ފެނިފައިވަނީ އެ އަތޮޅުގެ މަސްވެރިކަން ކުރަން ނިކުމެ އުޅުނު ދޯންޏެއްގެ ބަޔަކަށެވެ. ސިފައިންނަށް ބޯޓަށް ފަރައިގެން އުޅޭ ކަމުގެ ހަބަރު މިއަދު ހެދުނު ހައެއް ޖަހާކަަށް ހާއިރު ލިބުމާ އެކު ސިފައިންވަނީ ބޯޓަށް އެހީތެރިވެ ދިނުމުގެ މަސައްކަތް ފަށާފައެވެ. އެހެންނަމަވެސް ސިފައިންނަށް އެހާ ހިސާބަށް ދެވުނު އިރު ބޯޓުގެ ފަޅުވެރިންވަނީ ބޯޓުގައި ރޯކޮށްލުމަށްފަހު ކަނޑަށް ފުންމާލާފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ބޯޓުގައި ތިބީ އަށް ބިދޭސީ ފަޅުވެރިން މިހާރުވަނީ ސިފައިނެގް ބެލުމުގެ ދަށަށް ގެންގޮސްފައެވެ