English Edition
Dhivehi Edition

ބޭނުންވާތަކެތި:

5 ޖޯޑް ކިރު

4 ސައިސަމްސާ ކޯންފްލާރ (ޒުވާރިފުށް)

1/2 ޖޯޑް ކޮކޯ ޕައުޑަރ/ މައިލޯޕައުޑަރ

50ގ ކުކިންގ ޗޮކްލެޓް

2 ސައިސަމްސާ ބަޓަރ

1 ޕެކެޓް ޗިޕްސްމޯ ޗޮކްލެޓް ބިސްކޯދް

2 ބިސް

1 ގެރިކިރު ދަޅު

50ގ ކެޝޫނަޓް ކޮށާފައި

ތައްޔާރުކުރަނެގޮތް:

ކޯންފްލަރ، ކޮކޯޕައުޑަރ/މައިލޯ ޕައުޑަރ، ބިސް، ބަޓަރ، އަދި ގެރިކިރު ކޭކްމިކްސަރ އަކުން ރަނގަޅަށް އެއްކޮށްލާށެވެ. ތެއްޔެއްގައި 5 ޖޯޑް ކިރު އުދާފައި ކެކެންފެށުމުން ކުރިން އެއްކުރި ތަކެތި ތެއްޔަށް އަޅާފައި ރަނގަޅަށް އެއްކުރަމުން ކެކެންދެން އުނދުނުގައި ބަހައްޓާށެވެ. ދެންޕުޑިންގް ކެކެންފެށުމުން ކުކިންގ ޗޮކްލެޓް އަޅާފައި އެއްކޮށްލާށެވެ. ބޭނުންވާވަރަށް ޕުޑިންގ އޮލަވުމުން އުނދުންމަތިން ބާލާޝެވެ.

ޓްރޭއެއްނަގާ ތައްޔާރު ކުރެވިފައިވާ ޕުޑިންގ ގެ ލޭޔާއެއް އަޅާފައި ޗިޕްސްމޯރ ބިސްކޯދު ލޭޔާއެއް އަޅާށެވެ. މިގޮތަށް ބޭނުންވާ ވަރަށް ލޭޔަރ ކުރުމަށްފަހު މަތީގައި ޕުޑިންގ ލޭޔާއެއް އެޅުމަށްފަހު ކެޝުނަޓް މައްޗަށް އަޅާފައި އަދި ބޭނުންނަމަ ޗޮކްލެޓް ގާނާފައި އަޅުމަށްފަހު ގާނިޝް ކޮށްލެވިދާނެއެވެ. ދެން ފްރިޖް ގައި ބެހެއްޓުމަށްފަހު ފިނިކޮށްލައިގެން ބޭނުންކޮށްލާށެވެ.