މި ދަނޑިވަޅުގައި ޒާތީ ގޮތުން ރައްދު ނުދެއްވާ އެއްބޭފުޅަކު އަނެއް ބޭފުޅެއްގެ ހިޔާލަށް އިހްތިރާމް ކުރުމަށް ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ވަހީދު ގޮވާލައިފިއެވެ
ކޯލިޝަނުގައި ހިމެނޭ ޕާޓި ތަކުގެ މެދުގައި ހިޔާލު ތަފާތުވެ ބަހުގެ ހަމަލާތައް ބަދަލުކުރަމުންދާ މި ދަނޑިވަޅު އަލީ ވަހީދު ވަނީ ހިޔާލުތަފާތުވުންތަކުގައި ރުޅި އިސްނުކުރުމަށް ގޮވާލާފައެވެ. އަލީ ވަހީދު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ މިއަދުގެ މަސްލަހަތަކީ އެއްބޭފުޅެއްގެ ހިޔާލަށް އެންމެން ރުހި ގަބޫލުވުން ނޫންކަމުގައެވެ
މީގެ އިތުރުން އަލީވަހީދު ވިދާޅުވީ ކޯލިޝަން ކެނޑިޑޭޓަކު ނެރުމުގެ މަސައްކަތް ކާމިޔާބުވާނެ ކަމަށާއި ރައްޔަތުންގެ އެންމެ ބޮޑު އެދުމަކީ ވިހާވެސް އަވަހަކަށް ކެނޑިޑޭޓަކު ނެރުން ކަމުގައެވެ