ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހީމް ދެއްކެވި ވާހަކަތަކަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ރައްދު ދެއްވައިފި އެވެ
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ނުކުމެވަޑައިގަތުމަކީ އިދިކޮޅު ސަޕޯޓަރުންނަށް ލިބޭނެ މާޔޫސްކަމެއްކަމަށް ވިދާޅުވެ އަމީން ދެއްކެވި ވާހަކަތާއި ގުޅިގެން ހަސަން ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ އެއް ކެނޑިޑޭޓަކު ނެރުމަށް އެކުލާވާލި ކޮމެޓީގައި ޖޭޕީގެ ދެ ބޭފުޅުންވެސް ތިއްބަވާ ކަމަށެވެ. އަދި އެ ކޮމެޓީން އެއްބަސްވެފައިވާ ކަންކަން އެދެބޭފުޅުންނަށް އެގިވަޑައިގެންނަވާނެ ކަމަށެވެ
އަމީންއަށް އެ ކޮމެޓީއިން ނިންމި ކަންތައްތައް ނޭގޭ ކަމަށް އިޝާރަތްކުރައްވާ ހަސަން ވިދާޅުވި ދުރުގައި ތިއްބަވާ ޖޭޕީގެ ބައެއް މެމްބަރުންނަށް ކަންކަން ސާފުވެފައި ހުންނަވަރު ކުޑައީކަމުގައެވެ