ރާއްޖޭން ބޭރުގައި ތިއްބެވި ސިޔާސީ ލީޑަރުން އެނބުރި ރާއްޖެ ވަޑައިގަތުން މަނާކުރާނެ އެކަކުވެސް ނެތް ކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ
ރޭ ޕީޕީއެމް އޮފީހުގައި އެ ޕާޓީއަށް މެމްބަރުން ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ ދިވެހިރާއްޖެ އަކީ އަމިއްލައަށް އަރުވާލެވިގެން ރާއްޖޭން ބޭރުގައި ތިއްބެވި ސިޔާސީ ލީޑަރުންގެވެސް ފަސްގަނޑުކަމަށާއި ސިޔާސީ ލީޑަރުންނަކީ މިއަދު ރާއްޖޭގައި އުޅެލާފައި މާދަން ފުރައިގެން ދާ ބަޔަކަށް ވެގެންނުވާނެ ކަމަށެވެ
އިދިކޮޅު ލީޑަރުންނާއި ބެހޭ ގޮތުން ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ އަމިއްލަފުޅަށް އަރުވާލެވިގެން ތިއްބެވި ލީޑަރުންނަށް ހުކުމެއްކޮށް ނުވަތަ ހުކުމެއް ތަންފީޒް ކުރައްވަން ބިރުން އުޅުއްވާނަމަ ޤާނޫނީ ސަރުކާރެއް ހިންގުމަށް އެ ސިޔާސީ ލީޑަރުން ކުފޫ ހަމަނުވާ ކަމަށެވެ. މީގެ އިތުރުން ޔާމީން ވިދާޅުވީ ސިޔާސީ މައިދާނުގައި ގަދަބަސް ވިދާޅުވެ އުޅުއްވި ހުރިހާ ސިޔާސީ ލީޑަރުން މިވަގުތު ތިއްބެވީ، ރާއްޖޭން ބޭރުގައި އަމިއްލައަށް އަރުވާލެއްވިގެން ކަމަށެވެ