ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ގޭބަންދަށް ބަދަލުކުރަންޖެހޭ ސަބަބެއް ނެތްކަމަށް ކުރިމިނަލް ކޯޓުން ނިންމައިފިއެވެ
މިއަދު ކްރިމިނަލް ކޯޓުން މި ގޮތަށް ނިންމާފައިވާއިރު މައުމޫނުގެ ވަކީލު ވަނީ އެމަނިކުފާނުންގެ ސިއްހީ ހާލަތާއި ގުޅޭ ގޮތުން ވަރަށް ތަފްސީލްކޮށް ވާހަކަދައްކަވާފައެވެ. މީގެ އިތުރުން މައުމޫނުގެ ވަކީލު ފައިސަލްވަނީ އެމަނިކުފާނު ޑޮކްޓަރަށް ދެއްކެވި ދުވަސްތަކާއި ޑޮކްޓަރުން ދެއްވާފައިވާ ލަފާތައް ޝަރީއަތުގެ މަޖިލީހުގައި ހިއްސާކޮށްފައެވެ
މި މައްސަލައިގައި އެސިސްޓެންޓް ޕްރޮސިކިއުޓާ ޖެނަރަލް އައިޝަތު ފަޒުނާ ވިދާޅުވީ، ރައީސް މައުމޫންއާމެދު ހާއްސަ އުސޫލަކުން ލުއި ގޮތްތަކެއް މިހާރު ވެސް ހަމަޖައްސާފައިވާކަމަށާއި އަބަދުވެސް މައުމޫން ފެންނަ ހިސާބުގައި ޕޮލިހަކު ހުންނަވާކަމަށެވެ.