English Edition
Dhivehi Edition

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިންގެ ހަރަކާތެއްގެ ގޮތުން ބޮޑު ޖަލްސާއެއް އަންނަ އަންގާރަ ދުވަހު މާލޭގައި ބާއްވަން ނިންމައިފި އެވެ

މި މަހުގެ 29 ވަނަ ދުވަހު އެމްޑީޕީއިން ކާނިވަލް ސަރަހައްދުގައި ބޮޑު ޖަލްސާއެއް ބޭއްވުމަށް ތައްޔާރުވަމުން އަނަން އިރު އެ ޕާޓީގެ ކެމްޕެއިން މެނޭޖަރ މުހައްމަދު އަސްލަމް ވިދާޅުވީ އަދި ޖަލްސާ ބޭއްވުމަށް އެ ސަރަހައްދު ލިބިފައި ނުވާކަމަށެވެ. މީގެ އިތުރުން އަސްލަމް ވިދާޅުވީ ސަރުކާރުން ޖަލްސާ ބޭއްވުމަށް އެ ސަރަހައްދު ނުދިން ނަމަވެސް ކޮންމެވެސް އެހެން ސަރަހައްދެއްގައި ޖަލްސާ ކުރިއަށް ގެންދާނެ ކަމަށެވެ

ކުރިއަށް އޮށް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ކެމްޕެއިން ކުރައްވަމުން ގެންދަވާއިރު އީސީ އިން ވަނީ ނަޝީދަށް އިންތިހާބުގައި ވާދަނުކުރެއްވޭނެ ކަމަށް ވިދާޅުވެފައެވެ