English Edition
Dhivehi Edition

މިސްރުއި ޔޫޓިއުބަށް އެއްމަސް ދުވަސް ވަންދެން ނުވަދެވޭގޮތަށް އެ ވެބްސައިޓް ބޭން ކުރުމަށް އެ ގައުމުގެ ކޯޓަކުން އަމުރުކޮށްފިއެވެ

މީގެ ކުރިން ޔޫޓިއުބުން ޢާންމުކުރި ވީޑިއޯއަކާއި ގުޅިގެން މިސްރުގެ ވަކީލަކު ހުށަހެޅި މައްސަލައެއް ބެލުމަށް ފަހު އެ ގައުމުގެ ކޯޓުން ވަނީ މިސްރުގެ މިނިސްޓްރީ އޮފް ކޮމިއުނިކޭޝަންސް އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީގެ މައްޗަށް އެ ގައުމުގައި ޔޫޓިއުބަށް ނުވެދެވޭ ގޮތަށް ހެދުމަށް އަމުރުކޮށްފައެވެ

2013 ވަނަ އަހަރު ބަޔަކު މި އުއްމަތުގެ މާތް ނަބިއްޔާއަށް ފުރައްސާރަކޮށް އާންމުކޮށްފައިވާ ވީޑިއޯ އާއި ގުޅިގެން މިސްރުގެ ކޯޓަކުން މި މައްސަލަ ބަލާފައިވާއިރު މި ހުކުމާއި ގުޅިގެން އަދި އެ މިނިސްޓްރީގެ ފަރާތުން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ

ޓެގު