English Edition
Dhivehi Edition

މިދިޔަ ހުކުރު ދުވަހު ލ. ކައްދު އަށް ދިޔަ މޯލްޑިވިއަންގެ މަތިންދާބޯޓެއްގެ ތެރޭގައި ބޯޓުގެ ކެބިން ކުރޫއާ ޒުވާބު ކުރި މައްސަލާގައި ހައްޔަރުކުރި ތިން މީހުންހަ މަސް ވަންދެން އެ އެއާލައިންގެ އެއްވެސް ފްލައިޓަކަށް އެރުން މަނާކޮށްފި އެވެ

އިއްޔެ ލ.އަތޮޅު މެޖިސްޓްރޭޓް ކޯޓުންން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އެ ކޯޓަށް ގެންދިޔުމުން ޝަރުތުތަކާއެކު އެ ތިން މީހުން ވަނީ ދޫކޮށްލާފައެވެ. އެ ތިން މީހުންނަށް ކޮށްފައިވާ ޝަރުތުތަކުގެ ތެރޭގައި ހަ މަސް ވަންދެން މޯލްޑިވިއަންގެ އެއްވެސް ފްލައިޓަކުން ދަތުރު ނުކުރުމަށާއި ތަހުގީގަށް ފުލުހުންނަށް އެއްބާރުލުން ދިނުން ހިމެނެއެވެ

މި މައްސަލައާއި ގުޅިގެން މާ ބޮޑު ތަފްސީލެއް ފުލުހުންގެ ފަރާތުން ލިބިފައި ނުވާއިރު ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.