English Edition
Dhivehi Edition

ރޯދަމަހަށް ހާއްސަކޮށްގެން މިގެނެސްދޭ ޑްރިންްކްސްގެ ތެރެއިން މިއަދު މިގެނެސްދެނީ ހަށިގަނޑު ފިނިކޮށްލަދޭ ފައިދާހުރި ބުއިމެކެވެ. ރޯދައަށް ހުރުމަށްފަހު ރޯދަ ވީއްލާ ގަޑީގައި ހަށިގަނޑަށް ފައިދާ ހުރި ބުއިމެއް އިޙްތިޔާރު ކޮށްލުމަށް މި ކިއުކަމްބާ މިންޓް ކޫލަރ ބޭނުން ކޮށްލެވިދާނެއެވެ.

ބޭނުންވާތަކެތި:

(8 ތަށި ތައްޔާރު ކޮށްލުމަށް(

2 ޖޯޑު ކިއުކަމްބާ ފޮތިކޮށްފައި

2 ލުނބޮލުގެ ހުތް

1/2 ޖޯޑު މިންޓްފަތް

1 ޖޯޑު ހަކުރު (ނުވަތަ ރަހަލާވަރަށް)

1 ލީޓަރ ފެން

10 އައިސްކިއުބް

ތައްޔާރު ކުރާނެގޮތް:

ކިއުކަމްބާ، ލުނބޯހުތް، މިންޓްފަތް، ހަކުރު އަދި އައިސް ކިއުބް މިކްސަރަށް އެޅުމަށް ފަހު ގިރާލާށެވެ. ތައްޔާރު ކުރި ޖޫސް ތަށިތަކުގެ މެދާހަމައަށް އެޅުމަށްފަހު ބޭނުންވާ ވަރަށް ފެންއަޅާލާށެވެ. މިޑްރިންކް ގާނިޝް ކުރުމަށް ލުނބޯ ފޮއްޗަކާ މިންޓްފަތް ކޮޅެއް އަޅާލެވިދާނެ އެވެ.