English Edition
Dhivehi Edition

“އޭއޯ ރޯދައިގެބަދިގެ” މި ސެގްމެންޓްގައި މިއަދު ގެނެސްދޭ ފުރަތަމަ ރެސިޕީއަކީ ރޯދަވީއްލާ ގަޑީގައި އިންސާފުކޮށްލުމުން ހަށިގަނޑު ފިނިކޮށްލަދޭ ފައިދާހުރި ބުއިމެކެވެ. އެގޮތުން މިއަދު ގެނެސްދޭ “ކިއުކަމްބާ މިންޓް ކޫލާ” ގެ ރެސިޕީ ތިއެންމެ ބޭފުޅުންނަށް ވަރަށް ކަމުދާނެ ކަމަށް އުންމީދު ކުރަމެވެ.

ބޭނުންވާތަކެތި: (8 ތަށި ތައްޔާރު ކޮށްލުމަށް)

2 ޖޯޑު ކިއުކަމްބާ ފޮތިކޮށްފައި

2 ލުނބޮލުގެ ހުތް

1/2 ޖޯޑު މިންޓްފަތް

1 ޖޯޑު ހަކުރު (ނުވަތަ ރަހަލާވަރަށް)

1 ލީޓަރ ފެން

10 އައިސްކިއުބް

ތައްޔާރު ކުރާނެގޮތް:

ކިއުކަމްބާ، ލުނބޯހުތް، މިންޓްފަތް، ހަކުރު އަދި އައިސް ކިއުބް މިކްސަރަށް އެޅުމަށް ފަހު ގިރާލާށެވެ. ތައްޔާރު ކުރި ޖޫސް ތަށިތަކުގެ މެދާހަމައަށް އެޅުމަށްފަހު ބޭނުންވާ ވަރަށް ފެންއަޅާލާށެވެ. މިޑްރިންކް ގާނިޝް ކުރުމަށް ލުނބޯ ފޮއްޗަކާ މިންޓްފަތް ކޮޅެއް އަޅާލެވިދާނެ އެވެ.