English Edition
Dhivehi Edition

ބޭނުންވާތަކެތި

6 ފޮތި ޕާން

1 ޖޯޑު ދަޅު މަސް

1 ފިޔާ (ކުދިކޮށް ކޮށާފައި)

½ ސައިސަމްސާ ގާލިކް ޕޭސްޓް

½ ސައިސަމްސާ ގިތެޔޮ މިރުސް (ހިމުންކޮށް ކޮށާފައި)

1 ހިކަނދިފަތް

½ ސައިސަމްސާ އަސޭމިރުސް

1 މޭޒުމަތީ ސަމްސާ ޓޮމާޓޯ ޕޭސްޓް

3 ބިސް

ކުޑަ މާޖިރިން ކޮޅެއް

1 ޖޯޑު ފާރޮށި ކުނޑި

ތެޔޮ (ރޯލްސް ތެލުލެވޭ ވަރަށް)

ތައްޔާރު ކުރާނެގޮތް

ތަވާ އުނދުން މައްޗަށް އުދާފައި ކުޑަ ތެޔޮފޮދެއް އަޅާފައި ހޫނުވީމާ ފިޔާ،މިރުސް،ހިކަނދިފަތް،ގާލިކް ޕޭސްޓް،އަސޭމިރުސް އަދި މަސްކޮޅުވެސް އެއްކޮށް އަޅާފައި ކުޑަކޮށް ހަނާކޮށްލާށެވެ. ދެން ޓޮމާޓޯ ޕޭސްޓް ކޮޅު އަޅާފައި ކުޑަކޮށް ކައްކާލާފައި ބާލާށެވެ. ދެން ޕާން ފޮތިތައް ރޮށިދަމާ ފިލާ މަތީގައި ދަމާލާށެވެ. މާޖިރީން ޕާން ފޮތިތަކުގައި ހާކާލުމަށްފަހު މަސްކޮޅެއް އެޅުމަށްފަހު އޮޅާލާފައި ކުޑަފެންފޮދެއްލާފައި ބައްދާލާށެވެ. އެއަށްފަހު ބިސް ގިރާލުމަށްފަހު ރޯލްސް ތަކުގައި ބިސް ހާކާލުމަށްފަހު ފާރޮށި ކުނޑި ލާފައި މަޑު މުށިކުލަ އަރަންދެން ތެލުލާފައި ނަގާލާށެވެ.