ބެނުންވާތަކެތި:
250މލ ސެމީ ސްކިމްޑް މިލްކް
1 ސްކޫޕް ވެނީލާ އައިސްކްރީމް
2 ދޮންކެޔޮ ތޮށިމަށާ(ކޮށާފައި)
ވިޕްޑްކްރީމް
ކުޑަފޮނިތޮށި ކޮޅެއް -މުގުރާފައި (ގާނިޝްކުރުމަށް)
ޑްރައިޑް ބަނާނާ ޗިޕްސް/ ޗެރީ (ގާނިޝްކުރުމަށް)
ތައްޔާރު ކުރާނެގޮތް:
ކިރު، ދޮންކެޔޮ މިކްސަރަށް އަޅާލުމަށްފަހު އޮލަވަންދެން ގިރާލާށެވެ. ދިގު ބިއްލޫރި ތައްޓަކަށް އެޅުމަށްފަހު ވިޕިންގް ކްރީމް ،ބަނާނާ ޗިޕްސް އަދި ޗެރީ އިން ގާނިޝްކުރުމަށްފަހު ފޮނިތޮށި ކޮޅެއް މައްޗަށް ބުރުވާލާށެވެ.