English Edition
Dhivehi Edition

ދިވެހިރާއްޖެއާއި ސެންޓްރަލް އެފްރިކަން ރިޕަބްލިކާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކޮށްފިއެވެ.

ނިއު ޔޯކުގައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަންގައި ބޭއްވި ރަސްމިއްޔާތެއްގައި ދެ ޤައުމުގެ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރުމުގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ރާއްޖެއިން އދ.އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު، ޑރ. އަލީ ނަސީރު މުހައްމަދެވެ. ސެންޓްރަލް އެފްރިކަން ރިޕަބްލިކްގެ ފަރާތުން ސޮއިކުރެއްވީ އެގައުމުގެ ސަރުކާރުން އދ.އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު، އަމްބްރޮއިސިން ކަޕޮންގޯއެވެ.

ސެންޓްރަލް އެފްރިކަން ރިޕަބްލިކަކީ ދިވެހިރާއްޖެއިން ސިޔާސީ ގުޅުން ޤާއިމްކުރި 169 ވަނަ ޤައުމެވެ.

އާބާދީގައި ގާތްގަނޑަކަށް 4.6 މިލިއަން މީހުން ހިމެނޭ، ސެންޓްރަލް އެފްރިކަން ރިފަބްލިކަކީ ވަށައިގެން ހަމައެކަނި ބިންއޮންނަ ނުވަތަ ލޭންޑްލޮކްޑް ޤައުމުތަކުގެ ތެރެއިން އެއް ޤައުމެވެ.

ސެންޓްރަލް އެފްރިކަން ރިޕަބްލިކްއަކީ ރަނާއި ރިހި އަދި ޖަވާހިރު ފަދަ މައުދަން ތަކުން މުއްސަނދި ގައުމެއް ނަމަވެސް އެންމެ ފަގީރު ގައުމުތަކުގެ ލިސްޓުގައި ހިމެނޭ ގައުމެކެވެ.

ޚާރިޖީ ގުޅުން ޤާއިމުކޮށް އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިންވެސް ރާއްޖެއާއި ސެންޓްރަލް އެފްރިކަން ރިޕަބްލިކް ވަނީ ބައިނަލްއަޤުވާމީ މައިދާނުގައްޔާއި އދގައިވެސް އެކުގައި މަސައްކަތްކޮށްފައެވެ.