ޔޫތު މިނިސްޓްރީ އިން އެމް.އާރު.ޑީ.ސީ އާއި ކުރިން ހަވާލުކުރި 67 ފުޓްސަލް ދަނޑުގެ މަސައްކަތް ހައުސިންގ މިނިސްޓްރީ އަދި އެފް.އޭ.އެމް އާއި ހަވާލުކޮށްފިއެވެ.
މިކަން ހާމަކުރައްވާ ޔޫތު މިނިސްޓަރ އިރުތިޝާމް އާދަމް ވަނީ ސަރުކާރުގެ ސްޕޯޓްސް އެރީނާ މަޝްރޫއުގައި ހިމެނޭ ފުޓްސަލް ދަނޑުތަކުގެ ތެރެއިން އެމް.އާރު.ޑީ.ސީ އާއި ކުރިން ހަވަލުކުރި 67 ފުޓްސަލް ދަނޑުގެ މަސައްކަތް ހައުސިންގ މިނިސްޓްރީއާއި އެފް.އޭ.އެމް އާއި ހަވާލުކޮށް ބާރު ސްޕީޑްގައި މަސައްކަތް ކުރެވެމުންދާކަމަށް ވިދާޅުވެފައެވެ.
47 ފުޓްސަލް ދަނޑު އެފް.އޭމް.އާއި ހަވާލުކޮށް މަސައްކަތާއި ގުޅޭގޮތުން މަޝްވަރާ ބައްދަލުވުމެއް އެފް.އޭ.އެމް އާއި އެކު ކުރިޔަށް ގެންގޮސްފައިވާކަމަށާއި، އަދި 20 ފުޓްސަލް ދަނޑުގެ މަސައްކަތް ހައުސިންގ މިނިސްޓްރީއާއި ހަވާލު ކުރެވިފައިވާއިރު ހައުސިންގ މިނިސްޓްރީގެ ޓީމާ މިނިސްޓަރ އިރުތިޝާމް އާދަމް މިއަދު ބައްދަލު ކުރައްވާ ފުޓްސަލް ދަނޑުތަކުގެ މަސައްކަތާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާކަމަށް ޔޫތު މިނިސްޓްރީން ހާމަކުރެއެވެ.
ހައުސިންގ މިނިސްޓްރީއާއި ހަވާލުކުރެވިފައިވާ 20 ފުޓްސަލް ދަނޑުގެ 80 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް މިނިސްޓަރ އިރުތިޝާމް ވަނީ ފާހަގަކުރައްވާފައެވެ.