English Edition
Dhivehi Edition

22 އަހަރު އާސެނަލްގައި ހޭދަކުރުމަށް ފަހު މިސީޒަންގައި އެ ކުލަބްގެ ކޯޗު ކަމުން ވަކިވި އާސެން ވެންގާގެ ބަދަލުގައި ޕީއެސްޖީ އަށް ކުރިން ކޯޗުކޮށްދިން އުނާއި އެމެރީ ހަމަޖައްސައިފިއެވެ.

އާސެނަލްގެ ކޯޗު ކަމަށް ކުރިން ކުލަބްގެ ލެޖެންޑް އާރުޓޭޓާ އަންނާނެ ކަމަށް ބެލެވުނު ނަމަވެސް އާސެނަލްގެ ކޯޗު ކަމާއި މިހާރު ވަނީ އެމެރީކޭ ހަމަ ޖައްސާފައެވެ.

މިދިޔަ ދެ ސީޒަނުގައި ފްރާންސުގެ ޕީއެސްޖީ އަށް ކޯޗުކޮށްދިން އެމެރީ ވަނީ ޕީއެސްޖީ އާއި އެކު ފްރާންސް ލީގު އެއް ފަހަރު އަދި ފްރެންޗް ކަޕް ދެ ފަހަރު ކާމިޔާބުކޮށްފައެވެ.އެހެން ނަމަވެސް މިދިޔަ ސީޒަނުގެ ނިޔަލަށް ޕީއެސްޖީއާ އެކު އެމެރީ ހަދާފައި އޮތް އެއްބަސްވުން އުވާލާފައިވަނޔޫރަޕްގައި ނަތީޖާ ނުނެރެވޭތީކަމަށް ބުނެއެވެ.

އެމެރީކޭ ވަނީ މިދިޔަ ސީޒަންގައި ދުނިޔޭގެ ރިކޯޑް އަގެއް ގައި ނަން މަޝްހޫރު ގިނަ ކުޅުންތެރިން ޕީއެސްޖީއަށް ގެނެސްފައެވެ.

އާސެނަލްގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ފަހު މީޑިއާއާ ފުރަތަމަ ފަހަރަށް ބައްދަލުކުރުމަށް ފަހު އެމެރީ ބުނީ އާސެނަލްގެ ކޯޗު ކަމާއި ހަވާލު ވިއިރު މި ހަވާލުވަނީ ބުރަ ބޮޑު މަސައްކަތްތަކާއި ކަން އެނގޭކަމަށާއި އަންނަ ސީޒަންގައި އާސެނަލް ހަމަ އެކަނި މުބާރާތް ތަކުގައި ވާދަކޮށްލާނީ ނޫން ކަމަށެވެ.

އެމެރީކޭ ބުނީ އަންނަ ސީޒަންގައި އާސެނަލް އާއި އެކު ލީގު ކާމިޔާބު ކުރަން ބޭނުންކަމަށެވެ.

މިދިޔަ އަހަރު ލީގުގައި ނެރުނު ދަތް ނަތީޖާ ތަކުގެ ސަބަބުން އާސެނަލަށް ޗެމްޕިއަންސް ލީގުން ފުރުސަތު ގެއްލިފައިވާއިރު އާސެނަލް އަންނަ ސީޒަނުގައި ވާދަކުރަން ޖެހެނީ ޔޫރޮޕާ ލީގުގަ އެވެ.

ޕީއެސްޖީގެ އިތުރުން އެމެރީ މީގެކުރިން ވަނީ ސްޕެއިންގެ ސެވިއްޔާގައި ވެސް މަސައްކަތްކޮށްފައެވެ. އެގޮތުން އެ ކްލަބުގައި ހޭދަކުރި މުއްދަތުގައި އެމެރީ ވަނީ ޖެހިޖެހިގެން ތިން ފަހަރު ޔޫރޮޕާ ލީގު ސެވިއްޔާ އަށް ކާމިޔާބުކޮށްދީފައެވެ.