English Edition
Dhivehi Edition

ދާދި ފަހުން ސްޕެއިންގެ އެންމެ ކާމިޔާބު އެތް ކުލަބް ބާސެލޯނާ ކުޅުން ހުއްޓާލި ތަޖުރިބާކާރު މިޑްފީލްޑަރު އަންދްރޭސް އިނިއެސްޓާ ޖަޕާނުގެ ކްލަބެއް ކަމަށްވާ ވިސެލް ކޯބޭ އަށް ސޮއިކޮށްފި އެވެ.

ޗައިނާ ލީގުގެ ގިނަ ކުލަބް ތަކުންނާއި އެމެރިކާގެ ގެލެކްސީއިން ވެސް ވަރަށް ބޮޑަށް ހޯދަން މަސައްކަތް ކޮށްފައިވާ އުމުރުން 34 އަހަރުގެ އިނިއެސްޓާ އިނިއެސްޓާ ވިސެލް ކޯބޭއާ ގުޅުނީ އަހަރަކު 30 މިލިއަން ޑޮލަރުގެ މުސާރަ އަކަށެވެ.

ބާސެލޯނާއި އާއި އެކު 22 އަހަރު ހޭދަކުރި އިނިއެސްޓާ ވަނީ ބާސެލޯނާއެކު ކުޅުނު އެންމެ ފަހު މެޗުގައި ބާސެލޯނާ އާއި އެކު ލީގު ތަށި އުފުލާލާފައެވެ.

އިނިއެސްޓާ ވަނީ ބާސެލޯނާގައި ހޭދަކުރި 22 އަހަރު ތެރޭގައި 32 މުބާރާތުގެ ތަށި އުފުލާލައިފަ އެވެ.

ކޯބޭ އާއި ގުޅުމަށް ފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުން އިނިއެސްޓާ ބުނީ މިއީ އޭނާގެ ހަޔާތުގެ ތަފާތު ތަޖުރިބާ އަކަށްވާނެ ކަމަށާއި މިއީ އޭނާގެ ކެރިއަރުގައި މިއީ ކުރިމަތިލާނެ މުޅިން އާ ޗެލެންޖެއް ކަމަށެވެ.

އިނިއެސްޓާ އިތުރަށް ބުނީ ބާސެލޯނާ ދޫކޮށްލާފައި އެހެން ޓީމަކަށް ކުޅޭނެ ކަމަށް ދުވަހަކު ވެސް ހީނުކުރާ ކަމަށާއި މިނިންމުމަކީ ފަސޭހަ ނިންމުމެއް ކަމެއް ނޫން ކަމަށެވެ.

މިއަހަރުގެ ވޯލްޑް ކަޕަށް ސްޕެއިނުން އިއުލާންކުރި 23 ކުޅުންތެރިންގެ ސްކޮޑުގައިވެސް ހިމެނުނު އިނިއެސްޓާ ސޮއިކުރި ޖޭ ލީގުގެ ވިސެލް ކޯބް މިވަގުތު އޮތީ ލީގު ތާވަލުގެ ހަ ވަނައިގައެވެ.