އަންނަ މަހު ރަޝިއާގައި ފަށާ ދުނިޔޭގެ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތް ފީފާ ވޯލްޑް ކަޕްގައި ވާދަކުރާ އިންގްލެންޑް ގައުމީ ޓީމްގެ ކެޕްޓަނަކަށް ޓޮޓެންހަމްއަށް ކުޅޭ ހެރީ ކޭން ހަމަޖައްސައިފިއެވެ.
ވޯލްޑް ކަޕްގައި ވާދަ ކުރާ 23 ކުޅުންތެރިންގެ ސްކޮޑް އާއި މިހަފްތާގައި ބައްދަލު ކުރުމުގެ ކުރިން ކޯޗު ގެރެތް ސައުތްގޭޓް ވަނީ އަންނަ މަހު ފަށާ ވޯލްޑް ކަޕްގައި ވާދަކުރާ ޓީމްގެ ކެޕްޓަނަނީ ކޭން ކަން އިއުލާންކޮށްފައެވެ.
އިންގްލޭންޑް ގައުމީ ޓީމްގެ ކެޕްޓަންކަން ކޭން އާއި ހަވާލު ކުރުމުން އޭނާ ބުނީ އޭނާ ގަބޫލު ކުރާ ގޮތުގައި މިފަހަރު އޮތް ޒުވާން ސްކޮޑް އާއި އެކު ކާމިޔާބު ހޯދޭނެ ކަމަށާއި އުންމީދަކީ އޭނާގެ ކެޕްޓަންކަމުގެ ދަށުގައި އަމިއްލަ ގައުމަށް ވޯލްޑް ކަޕް ތަށި އުފުލާލަދިނުން ކަމަށެވެ.
“ވޯލްޑް ކަޕް އުފުލާލުމަކީ ކޮންމެ ކުޅުންތެރިއްގެ ވެސް ހުވަފެނެއް.އަހަރެންނަށް ޔަގީން މި ޓީމް އާއި އެކު ވޯލްޑް ކަޕް އުފުލާލުމަކީ އުނދަގޫ ކަމަކަށް ނުވާނެކަން.އަހަރުމެން އެންމެން މިފަރު މިތިބީ ދެވަނަ ފަހަރަށް ދުނިޔޭގެ އެންމެ ބޮޑ މުބާރާތުގެ ތަށި އުފުލާލަން ތައްޔާރަށް”ކޭން ބުންޏެވެ.
އަންނަ މަހު ފަށާ ފީފާ ވޯލްޑް ކަޕްގައި ވާދަ ކުރާ 23 ކުޅުންތެރިން މިހާރު ކޯޗު ސައުތްގޭޓް އިއުލާން ކޮށްފައިވާއިރު މިއީ 1988 ވަނަ އަހަރު ފަހުން އެގައުމުން ވޯލްޑް ކަޕްގައި ވާދަ ކުރަން ނިކުންނަތް އެންމެ ޒުވާން ސްކޮޑެއެވެ.
އިންގްލެންޑްގެ ސްކޮޑު:
ގޯލްކީޕަރުން: ޖެކް ބަޓްލަންޑް (ސްޓޯކް)، ނިކް ޕޯޕް (ބާންލީ)، ޖޯޑަން ޕިކްފޯޑް (އެވަޓަން)
ޑިފެންޑަރުން: ޓްރެންޓް އަލެކްސާންޑަ އާނޯލްޑް (ލިވަޕޫލް)، ގެރީ ކޭހިލް (ޗެލްސީ)، ފަބިއަން ޑެލްފް (މެންޗެސްޓާ ސިޓީ)، ފިލް ޖޯންސް (މެންޗެސްޓާ ޔުނައިޓެޑް)، ހެރީ މެގުއާ (ލެސްޓާ ސިޓީ)، ޑެނީ ރޯސް (ޓޮޓެންހަމް)، ޖޯން ސްޓޯންސް (މެންޗެސްޓާ ސިޓީ)، ކިއެރަން ޓްރިޕިއޭ (ޓޮޓެންހަމް)، ކައިލް ވޯކާ (މެންޗެސްޓާ ސިޓީ)، އެޝްލީ ޔަންގް (މެންޗެސްޓާ ޔުނައިޓެޑް)
މިޑްފީލްޑަރުން: ޖޯޑަން ހެންޑަސަން (ލިވަޕޫލް)، ޑެލެ އާލީ (ޓޮޓެންހަމް)، އެރިކް ޑަޔާ (ޓޮޓެންހަމް)، ޖެސީ ލިންގާޑް (މެންޗެސްޓާ ޔުނައިޓެޑް)، ރުބެން ލޮފްޓަސް-ޗީކް (ޗެލްސީ)، ރަހީމް ސްޓާލިން (މެންޗެސްޓާ ސިޓީ)
ފޯވާޑުން: ހެރީ ކޭން (ޓޮޓެންހަމް)، ޑެނީ ވެލްބެކް (އާސެނަލް)، ޖޭމީ ވާޑީ (ލެސްޓާ ސިޓީ) މާކަސް ރެޝްފޯޑް (މެންޗެސްޓާ ޔުނައިޓެޑް)