English Edition
Dhivehi Edition

ކުރީގެ ރައީސް މުހައްމަދު ނަޝީދުއެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ދީފިނަމަ އެ ޕާޓީ އުވާލާ ، ޕްރައިމެރީ ބާތިލްކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ

އީސީގެ ރައީސް އަހްމަދު ޝަރީފް ސޮއިކުރައްވައި މިއަދު އެމްޑީޕީ އަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ ނަޝީދަކީ ކުށެއް ސާބިތުވެ ހުކުމެއްގައި ހުންނެވި ބޭފުޅެއް ކަމަށާއި އެހެންވެ ގާނޫނުތަކުގައިވާ ގޮތުގެ މަތިން، ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން އެމަނިކުފާނުގެ ޝަރުތު ހަމަނުވާ ކަމަށެވެ، . އަދި ނަޝިދު ވާދަކުރައްވާ ޕްރައިމެރީއެއް އިލެކްޝަން ކޮމިޝަނުން ބަލައި ނުގަންނާނެ ކަމަށާއި ޕްރައިމެރީ ބާތިލްކުރާނެކަމަށް އެ ސިޓީގައި ވަނީ ބަޔާންކޮށްފައެވެ

މީގެ އިތުރުން އެ ސިޓީގައި ބުނެފައިވަނީގާނޫނީ ބަންދެއްގައި ހުރި ޝަރުތު ހަމަނުވާ މީހަކަށް ޕްރައިމަރީގައި ފުރުސަތު ދީފިނަމަ ސިޔާސީ ޕާޓީގެ ގާނޫނުގެ 31 ވަނަ މާއްދާ އާއި 49 ވަނަ މާއްދާގެ ދަށުން އެމްޑީޕީއާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.