ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާއަށް ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފިއެވެ
ބޮޑެތި ތުހުމަތުތަކެއްގައި ހައްޔަރުކޮށްފައިވާ މައުމޫނު އަބްދުލް ގައްޔޫމްގެ މައްޗަށް، މާދަމާ ބޭއްވުމަށް ތާވަލުކޮށްފައިވަނީ އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅިކަމުގެ ޝަރީއަތުގެ އަޑުއެހުމެކެވެ. އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ވެސް ދައުލަތުން އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމުގެ ދައުވާ އުފުލާފައިވާއިރު، އެ ދެ ފަނޑިޔާރުންގެ އަޑުއެހުމުގެ އިބްތިދާއީ ބައި މިހާރުވަނީ ނިމިފައެވެ
ރައީސް މައުމޫނުގެ ސިއްހީ ހާލަތު ގޯސްވުމުގެ ސަބަބުން އެންމެ ފަހުން ބާއްވަން ތާވަލުކުރި ތިން އަޑުއެހުން ވެސް ކެންސަލްކޮށްފައިވާއިރު ، މައުމޫނުގެ މައްޗަށްވަނީ ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުނުކަމުގެ ދައުވާ ވެސް އުފުލާފައެވެ