English Edition
Dhivehi Edition

އައްޑޫ ސިޓީ ހިތަދޫގައި މިިއަދު ހަވީރު ރުކަކުން ވެއްޓިގެން ސީރިއަސް އަނިޔާތަކެއް ލިބުނު ޒުވާނާ މަރުވެއްޖެއެވެ.

މިއަދު މެންދުރުފަހުގެ ވަގުތެއްގައި ރުކަކަށް އަރައި އުޅެނިކޮށް ރުކުން ވެއްޓި މަރުވެފައިވަނީ ހިތަދޫ ފަލާހު، އުމުރުން 31 އަހަރުގެ ހާތިމް ފައުޒީކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވިއެވެ.

ޒުވާނާ މަރުވެފައިވަނީ ލިބުނު ސީރިއަސް އަނިޔާތަކަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށެވެ.
މިއަދު މެންދުރު ފަހު 3:30 އެހާއިރު ހިނގި މިހާދިސާގައި ހާތިމްގެ ފަޔާއި އަތެއް ބިނދިފައިވާއިރު އޭނާގެ ބޮލަށްވެސް ބޮޑެތި ޒަހަމްތަކެއްވަނީ ލިބިފައެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބެއެވެ.

1 ކޮމެންޓް
ބެނެދެރެފެލެ
މެއި 21, 2018
އިންނާލިއްލާހި ވަ އިންނާ އިލައިހި ރާޖިޢޫން ﷲ ހެއު ގޮތް މިންވަރުކުރައްވާށި! އާމީން މީ ކޮންތާކި ހިންނަ ގޭއް؟ ކޮންގޭކި ކޮއްޔާއް؟