English Edition
Dhivehi Edition

ބޭނުންވާތަކެތި :

1 އަނބު ތޮށިމަށާ ކޮށާފައި

1/2 ޖޯޑް އޮރެންޖް ޖޫސް

2 ސައިސަމްސާ މާމުއި

10 ސްޓްރޯބެރީ ފަޅިކޮށްފައި

2 ސައިސަމްސާ ލުނބޯ ޖޫސް

އައިސް ކިއުބް

ސްޕާކްލިން ވޯޓަރ (ދެލޭޔަރ ހަދަން ބޭނުންނަމަ)

މިންޓް ލީފް (ގާނިޝްކުރުމަށް)

ތައްޔާރު ކުރާނެ ގޮތް:

ބްލެންޑަރ އަށް ސްޓޯބެރީސް، 1ސައިސަމްސާ ލުނބޯޖޫސް، އައިސްކިއުބް އަޅާފައި ގިރާލު މަށްފަހު ބިއްލޫރި ތައްޓަކަށް އަޅާލާށެވެ. ލޭޔަރ ހަދަން ބޭނުންނަމަ މިތައްޔާރު ކުރެވުނު ބަޔަށް ސްޕާކްލިންގ ވޯޓަރ އަޅާލާށެވެ. ބްލެންޑަރ ދޮތުމަށްފަހު އަނބު، އޮރެންޖް ޖޫސް،1ސައިސަމްސާ ލުނބޯޖޫސް، މާމުއި، އައިސްކިއުބް އެޅުމަށްފަހު ރަނގަޅަށް މިކްސް ވަންދެން ގިރާލުމަށްފަހު އެންމެފުރަތަމަ ތައްޔާރު ކުރި ލޭޔާމައްޗަށް އަޅާލާށެވެ.

މިންޓްފަތްކޮޅަކުން ތައްޔާރު ކުރިމޮކްޓެއިލް ގާނިޝްކޮށްލެވިދާނެއެވެ