English Edition
Dhivehi Edition

ސްޕެނިޝް ލީގުގައި ރިއާލްމެޑްރިޑް މިސީޒަން ގައި ކުޅުނު ފަހު މެޗުގައި ވިޔަރެއާލްއާ ބައްދަލުކުރި މެޗު ދެވަނަ ހާފްގައި ވިޔަރެއާލް ކާމިޔާބުކުރި ލަނޑު ތަކުން މެޗު އެއްވަރުވެއްޖެއެވެ.

ލީގު ފަހު މެޗުގައި ރޭ ރަށުން ބޭރުގައި ރެއާލް ކުޅުނު މެޗު އެއްވަރުވީ 2-2 ލަނޑުގެ ނަތީޖާއަކުންނެވެ.

ވިޔަރެއާލްގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ 11 ވަނަ މިނެޓްގައި ގެރެތް ބޭލްގެ ލަނޑުން ރެއާލް ލީޑު ނަގާފައިވާއިރު މެޗުގެ 32 ވަނަ މިނެޓްގައި ރެއާލްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ރިއާލްގެ ލީޑު ފުޅާކޮށްދީފައެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފް 2-0 ލަނޑުން ކުރީގަ އޮތުމުން ބަދަލު ތަކަކާއި އެކު ދެވަނަ ހާފްއަށް ރިއަލް ނިކުމެފައިވާއިރު ދެވަނަ ހާފު ފަށައިގެން ވިއަރެއާލްއިން ވަނީ ކުޅުން ރަނގަޅުކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ މެޗުގެ 70 ވަނަ މިނެޓުގައި ރޮޖާ މާޓިނޭޒް ލަނޑެއް ޖަހާ ޓީމަށް ފަރަގު ކުޑަކޮށްފައެވެ.އަދި އޭގެ 15 މިނެޓު ފަހުން ސަމުއެލް ކަސްޓިލެޖޯ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާއެއްވަރުކޮށްދީފައެވެ.

ރޭގެ ނަތީޖާއާއެކު ރެއާލް އިން މިފަހަރު ލީގު ނިންމާލީ 76 ޕޮއިންޓާ އެކު ތިންވަނައިގައި އޮވެ ނިންމާލާފައިވާއިރު ރޭގެ މެޗުން ބަލިވި ވިޔަރެއާލް އޮތީ ފަސްވާނަގައެވެ. ލީގުގެ ދެވަނާގައި އޮތީ އެތްލެޓިކޯ މެޑްރިޑެއޮތް އިރު މިފަހަރުގެ ލީގު ޗެމްޕިއަންކަން ހޯދީ ބާސެލޯނާ އިންނެވެ.