އިނގިރޭސި އެފްއޭކަޕް ފައިނަލްގައި މެންޗެސްޓަރ ޔުނައިޓެޑް އާއި ޗެލްސީ ބައްދަލުކުރި މެޗު ޗެލްސީން ކާމިޔާބުކޮށްފިއެވެ.
އިނގިރޭސިވިލާތުގެ އެންމެ ޝަރަފުވެރި އެތް ސްޓޭޑިއަމް ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މިމެޗު ޗެލްސީން ކާމިޔާބު ކުރީ 1-0 ގެ ނަތީޖާއަކުންނެވެ.
ޔުނައިޓެޑުގެ ފަރާތުން ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅު ކުޅުމެ މިމެޗުގައި ދެއްކި ނަމަވެސް މެޗުގެ 22 ވަނަ މިނެޓްގައި ޔުނައިޓެޑްގެ ޑިފެންޑަރ ޕިލް ޖޯންސް ކުރި ފައުލަކާއި ލިބުނު ޕެނަލްޓީއަކުން މިމެޗުގެ ހަމަ އެކަނި ލަނޑު ޗެލްސީއަށް ކާމިޔާބުކޮށްދީފައިވަނީ އެޑެން ހަޒާޑްއެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފްގައި ޗެލްސީއިން ކުރީގަ އޮވެ މެޗު ނިމިފައިވާއިރު ދެވަނަ ހާފްގައި ޔުނައިޓެޑުން ވަނީ ވަރަށް ބޮޑަށް ކުރިއަށް ޖެހި ޗެލްސީގެ ގޯލާއި އަމާޒުކޮށް ގިނަ ހަމަލާތަށް އުފައްދާފައެވެ. މިގޮތުން ރަޝްފޯޑް ފޮނުވާލި ހަމަލާއެއް މިރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ޗެލްސީގެ ގޯލްކީޕަރު ތިބޯ ކޯޓުއާ ދިފާއުކުރިއިރު ޗެލްސީގެ ޕެނަލްޓީއޭރިއާ ތެރޭ ފުދޭވަރަކަށް ހުހަށް ހުރެ ޕޮގްބާ ބޮލުން ފޮނުވާލި ހަމަލާ ވަނީ ގޯލާ އަމާޒުވާ ގޮތް ނުވެފައެވެ.
ޗެލްސީ މިފަހަރުގެ އެފްއޭ ކަޕް ކާމިޔާބު ކުރިއިރު މިއީ ތާވަލުގެ 5 ވަނާގައި ސީޒަން ނިންމާލި ޗެލްސީއަށް މި ސީޒަނުގައި ލިބުނު ހަމައެކަނި ތައްޓެވެ. ޕްރިމިއާ ލީގު ތާވަލުގެ 2 ވަނާގައި ސީޒަން ނިންމާލި މެންޗެސްޓާ ޔުނައިޓެޑް މި ސީޒަން ނިންމާލީ ހުސްއަތާ އެވެ
މިއީ ޗެލްސީން އެފްއޭކަޕް ކާމިޔާބުކުރި އަށްވަނަ ފަހަރެއެވެ.