ބޭނުންވާތަކެތި
200ގ މާރީ ބިސްކޯދު
80ގ ބަޓަރ
މާޝްމެލޯ ފިލިންގ ހެދުމަށް
230ގ މާޝްމެލޯ
150އެމްއެލް ފުލްކްރީމް މިލްކް
300އެމް އެލް ވިޕިން ކްރީމް
2 ސައިސަމުސާ ޖެލެޓިން ޕައުޑަރ
ޖެލީ ޓޮޕިންގ ހެދުމަށް
1 ޕެކެޓް ޖެލީ (ސްޓޯބެރީ/ޗެރީ)
ތައްޔާރު ކުރާނެގޮތް
މާރީ ބިސްކޯދު ރަނގަޅަށް ހިމުންކޮއްލާފައި އޭގެތެރެއަށް ބަޓަރު ކޮޅު ވިރުވާލާފައި އަޅާ ރަނގަޅަށް އެއްކޮލާށެވެ.އެއަށްފަހު ޓްރޭއަކަށް އަޅާ ރަނގަޅަށް ފަތުރާލާފައި ފްރިޖުގައި ބައިގަޑިއެއްހާއިރު ބަހައްޓާށެވެ.މާޝްމެލޯ ފިލިންގ ތައްޔާރުކުމަށް ބޭނުންވާ ހުރިހާ ބާވަތްތަކެއް އެއްކޮށް ތަވައަކަށް އަޅާ މަޑުގިނީގައި ޖެލެޓިން އަދި މާޝްމެލޯ ވިރަންދެން ކައްކާލާށެވެ.އެއަށްފަހު ކުރިން ބިސްކޯދު އަޅާފައި ބެހެއްޓި ޓްރޭއަށް އަޅާލާށެވެ.އެއައްފަހު މާޝްމެލޯ ފިލިން ކުޑަކޮށް ހަރުވެލަންދެން ފްރިޖުގެ ގަނޑުކުރާބައިގައި ބަހައްޓާށެވެ.ޖެލީ ޓޮޕިންގ ހަދާނީ ޖެލީ ޕެކެޓްގެ ބޭރުގައިވާ އިރުޝާދާ އެއްގޮތަށެވެ.އެއަށްފަހު ކުޑަކޮށް ފިނިވީމާ މާޝްމެލޯ ފިލިންގ ގެ މައްޗަށް ޖެލީ އަޅާލާފައި ރަނގަޅަށް ފިނިވަންދެން ފްރިޖަށް ލާފައި ބަހައްޓާށެވެ.