English Edition
Dhivehi Edition

އިނގިރޭސިވިލާތުގެ ޕްރިންސް ހެރީ އާއި މަޝްހޫރު އެކްޓްރެސް މޭގަން މާކަލްގެ ކައިވެނީގެ ރަސްމިއްޔާތު ދެކިލުމަށް ވިންޑްސާ ކާސްލް ހިމެނޭ ސަރަހައްދަށް ރެއިން ފެށިގެން މީހުންވަނީ ޖަމާވާން ފަށާފައެވެ

އިނގިރޭސިވިލާތުގެ ގަޑިން މިއަދު މެންދުރު ފަހު އެކެއް ޖަހާއިރު ކުރެވޭ މި ކައިވެންޏާއި، ކައިވެންޏާ ގުޅިގެން ބާއްވާ ހަރަކާތްތައް ބެލުމަށް ގިނަ ބަޔަކު އެއްވެފައިވާއިރު މި ހަފްލާއަށް 600 އަށްވުރެ ގިނަ މީހުންނަށްވަނީ ހާއްސަ ދައުވަތުދީފައެވެ. އަދި އާންމުންގެ ތެރެއިން 1200 މީހުންނަށް މި ކައިވެނީގެ ދައުވަތު ދީފައިވާއިރު މޭގަން ގެ ބައްޕައަށް މި ކައިވެނީގެ ހަފްލާގައި ބައިވެރިވެވޭ ގޮތްވަނީ ނުވެފައެވެ.

ދާދި ފަހުން މޭގަންގެ ބައްޕައަށް ހާޓް އެޓޭކެއް ޖެހި އެކަމަށް ފަރުވާ ހޯދަމުންދާއިރު ކައިވެނީގެ ކަންތަކުގައި މޭގަންގެ ބައްޕައެއްގެ ރޯލު އަދާކުރައްވާނީ ޕްރިންސް ހެރީގެ ބައްޕާފުޅު، ޕްރިންސް ޗާލްސްއެވެ.

މި ކައިވެނީގެ ރސްމިއްޔާތު ދުނިޔޭގެ އެކި ކަންކޮޅުތަކަށް ޓީވީ މެދުވެރިކޮށް ދެއްކުމަށް ހަމަޖެހިފައިވާއިރު ގިނަ ބަޔަކު ވަނީ މި ހަފްލާގެ ކަންތައްތައް ބެލުމަށް ޓީވީ ދޮށަށް އެއްވަފައެވެ

ވހެރީ އާއި މޭގަންގެ ކައިވެނިކުރުމަށް ހަމަޖެހިފައިވަނީ އެ ގަނޑުވަރުގައި ހުންނަ އެސްޓީ ޖޯޖް ޗާޗުގަ އެވެ. ކައިވެންޏަށްފަހު ބާއްވާ ރިސެޕްޝަންގައި ދެ ފަރާތުގެ އާއިލާގެ ފަރާތުން 200 އެއްހާ މެމްބަރުން ބައިވެރިވެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާއިރު މި ހަފްލާ އޮންނާނީ ވިންޑްސޯރް ޝާހީ ގަނޑުވަރުގެ ފްރޮގްމޯ ހައުސްގަ އެވެ