އަންނަ މަހު ރަޝިއާގައި ފަށާ ދުނިޔޭގެ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތް ފީފާ ވޯލްޑް ކަޕްގައި ވާދަކުރާ އިންގްލެންޑުގެ ޓީމް ޒުވާން ގިނަ ކުޅުންތެރިންނާއި އެކު އިއުލާންކޮށްފިއެވެ.
އިންގްލޭންޑު ޓީމުން މިއަހަރުގެ ވޯލްޑް ކަޕުގައި ވާދަކުރާނެ 23 ކުޅުންތެރިން އިއުލާން ކޮށްފައިވާއިރު މިއީ 1962 ވަނަ އަހަރަށް ފަހު އިންގިރޭސި ޓީމުން ވޯލްޑް ކަޕުގައި މިހާ ޒުވާން ގިނަ ކުޅުންތެރިން ހިމެނި ފުރަތަމަ ފަހަރެއެވެ.
މި ފަހަރު ޓީމުގައި މުޅިން އަލަށް ހިމެނުނީ މީގެ ކުރިން އިންގްލެންޑް 21 އަހަރުން ދަށުގެ ޓީމަށް ކުޅުނު ލިވަޕޫލްގެ ޑިފެންޑަރު އުމުރުން 19 އަހަރުގެ ޓްރެންޓް އަލެކްސާންޑަ އާނޯލްޑް އެވެ.
އިނގިރޭސި ވިލާތުގެ ގައުމީ ޓީމަށް އެޓީމުގެ ކޯޗު ސައުތު ގޭޓު އެދެނީ ޒުވާން ކުޅުންތެރިންގެ ޖީލެއް ފެށުން ކަމާއި މެދު ޝައްކެއްވެސް ނެތެވެ. މިހެންކަމުން އެންމެ ފަހުން ބޭއްވި 2014 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ކުޅުނު ކުޅުންތެރިންގެ ތެރެއިން އޭނާ ޓީމަށް ނަގާފައިވަނީ އެންމެ ފަސް ކުޅުންތެރިންނެވެ
އިނގިރޭސިވިލާތުގެ ވޯލްޑް ކަޕް ސްކޮޑް:
ގޯލްކީޕަރުން – ޖެކް ބަޓްލޭންޑް (ސްޓޯކް ސިޓީ)، ޖޯޑަން ޕިކްފޯޑް (އެވަޓަން)، ނިކް ޕޯޕް (ބާންލީ)
ފުލް ބެކުން – އެލެގްޒެންޑްރާ އާނޯލްޑް (ލިވަޕޫލް)، ފަބިއަން ޑެލްފް (މެންޗެސްޓާ ސިޓީ)، ޑެނީ ރޯސް (ޓޮޓެންހަމް)، ކިއެރެން ޓްރިޕިއާ (ޓޮޓެންހަމް)، ކައިލް ވޯކާ (މެންޗެސްޓާ ސިޓީ)، އެޝްލީ ޔަންގް (މެންޗެސްޓާ ޔުނައިޓެޑް)
ސެންޓާ ބެކުން – ގެރީ ކޭހިލް (ޗެލްސީ)، ފިލް ޖޯންސް (މެންޗެސްޓާ ޔުނައިޓެޑް)، ހެރީ މެގުއޭރާ (ލެސްޓާ ސިޓީ)، ޖޯން ސްޓޯންސް (މެންޗެސްޓާ ސިޓީ)
މިޑްފީލްޑަރުން – ޑެލީ އަލީ (ޓޮޓެންހަމް)، އެރިކް ޑަޔާ (ޓޮޓެންހަމް)، ޖޯޑަން ހެންޑަސަން (ލިވަޕޫލް)، ޖެސޭ ލިންގާޑް (މެންޗެސްޓާ ޔުނައިޓެޑް)، ރޫބެން ލޮފްޓަސްޗީކު (ޗެލްސީ)
ފޯވާޑުން –ހެރީ ކޭން (ޓޮޓެންހަމް)، މާކަސް ރަޝްފޯޑް (މެންޗެސްޓާ ޔުނައިޓެޑް)، ޖޭމީ ވާޑީ (ލެސްޓާ ސިޓީ)، ރަހީމް ސްޓާލިންގް (މެންޗެސްޓާ ސިޓީ)، ޑެނީ ވެލްބެކް (އާސެނަލް)
ސްޓޭންޑް ބައި – ލެވިސް ކުކް (ބޯންމައުތު)، ޓޮމް ހީޓަން (ބާންލީ)، އެޑަމް ލަލާނާ (ލިވަޕޫލް)، ޖޭކް ލިވަމޯ (ވެސްޓް ބްރޮމް)، ޖޭމްސް ޓާކޯސްކީ (ބާންލީ)