ބޭނުންވާތަކެތި
6 ކުކުޅު ބިސް
1 ދަޅު ގެރިކިރު
½ ސައިސަމުސާ ވެނީލާ އެސެންސް
ކުޑަ މާޖިރީން ކޮޅެއް
ތައްޔާރު ކުރާނެގޮތް
ބިހާއި ގެރިކިރު ރަނގަޅަށް ގިރާލާށެވެ.ދެން ވެނީލާ އެސެންސް ފޮދު ވެސް އަޅާފައި އެއްކޮއްލާށެވެ.އެއަށްފަހު ތަވައެއްގައި ކުޑަ މާޖިރީން ކޮޅެއް ހާކާލާފައި ފަހަރަކު ސަމްސަލެއްގެ ބަޓަރ އަޅާފައި ތުނިކޮށް ފޮޅި ފިހާ ގޮތަށް ފިހެލާށެވެ.އެއްފުށް ފިހެލެވުމުން އޮޅާލާފައި އިރުކޮޅަކަށް ބާއްވާފައި ނަގާލާށެވެ.ކެރަމަލް ފޮޅި ހަދާއިރު ތަވާ މާބޮޑަށް ހޫނު ނުކުރުމަށް ސަމާލުކަން ދޭން ވާނެއެވެ.