މިހިނގާ 1439 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މާދަމާ، 16 ވާ ބުދަ ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން ކަނޑަައަޅައިފި އެވެ.
މި އަހަރުގެ ރަމަޟާން މަހުގެ ހަނދު ސާބިތު ކުރުމަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިރޭ ބޭއްވި ބައްދަލުވުމުގައި އިއްވި، ރަމަޟާން މަހުގެ ހަނދާ ބެހޭ ގަރާރުގައި ބުނެފައިވާ ގޮތުން، މާދަމާއަކީ މި އަހަރުގެ މުލަ ރޯދަ ދުވަސް ކަމަށް ހަމަޖެއްސީ ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް މިއަދުގެ އިރު އޮއްސުމަށް ފަހުގައި ހަނދު ފެންމަތީގައި ހުންނާނެ ކަމަށް އިތުބާރު ހުރި ފަލަކީ ހިސާބުން ދައްކާތީ އާއި، އިސްލާމީ ބައެއް ގައުމުތަކަށް މިރޭ ހަނދު ސާބިތުވެފައި ވާތީ އެވެ.
އެއީ ރާއްޖޭގައި ހަނދު ބެލުމުގައި ޢަމަލުކުރާ އުސޫލު ކަމަށްވާތީކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވިއެވެ.