English Edition
Dhivehi Edition

އެމްޑީޕީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓެއް ހޮވުމަށް ބާއްވާ ރިޔާސީ ޕްރައިމަރީ އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވަލައިފިއެވެ

މިއަދު އެމްޑިޕީއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެ ޕާޓިގެ ގައުމީ މަޖިލީހުން ނިންމާފައިވާ ގޮތަށް މި މަހުގެ 30 ވަނަ ދުވަހު އެމްޑިޕީ ޕްރައިމެރީ ބާއްވަން ނިންމާފައިވާ ކަމަށާއި ޕްރައިމަރީ އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިމަހުގެ 19 ވަނަ ދުވަހުގެ މެންދުރު 12:00 އާއި ހަމައަށް ކަމަށެވެ

ޕްރައިމަރީ އަށް ކުރިމަތިލުމުގެ ފޯމް ޕާޓީގެ ސެކްރެޓޭރިޓުންނާއި ޕާޓީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އެމްޑީޕީ އިން ބުނެފައިވާއިރު ޕާޓިގެ ޕްރައިމެރީގައި ވާދަކުރައްވާނެކަމަށް އަދި ވިދާޅުވެފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކަންޏެވެ.

ޓެގު