English Edition
Dhivehi Edition

މިވަގުތު ގަބޫލު ކުރަންޖެހޭ ހަގީގަތަކީ އެމްޑީޕީއާއި، ސަރުކާރާއި ގުޅުވައިދޭނެ މީހަކީ ފައްޔާޟު ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒައިނާ މިހެން ވިދާޅުވީ ޢީދު ބަންދުގައި ބޮޑު ތިލަދުން މައްޗަށް ކުރި ދަތުރުގައި އެ އަތޮޅުގެ ހުރިހާ ރަށަކުން ފައްޔާޟުގެ ކެމްޕެއިން ޓީމަށް ހޫނު މަރުހަބާއެއް ކިޔާފައިވާތީ އެކަަމަށް ޢިޝާރާތް ކުރައްވައެވެ.

ބޮޑުތިލަދުންމަތީގެ ރަށްރަށުން ފަޔާއަށާއި ރޮޒޭނާއަށް އޮތް ތާއީދު ދައްކާލާފައިވާ އިރު، ރޮޒައިނާ ވިދާޅުވީ މިދަތުރުތަކުން ލިބުނު ތާއީދާއި، ފެނުނު މަންޒަރުން އެމްޑީޕީ ހިންގާލަން ޖެހޭކަން ބޮޑު ތިލަދުންމަތިން ހާމަކޮށް ދީފައިވާކަމަށެވެ.

އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާކަމަށް ވާދަ ކުރައްވާ ރޮޒައިނާ އިތުރަށް ވިދާޅުވީ ފައްޔާޟަކީ ކެރޭ ހިންގުންތެރި ލީޑަރެއްކަން ސާބިތު ކޮށްދީފައިވާކަމަށެވެ.

އެމްޑީޕީއަކީ އަންހެނުންގެ ތާއީދު ބޮޑު ޕާޓީއެއް ނަމަވެސް، މިހާތަނަށް އެމްޑީޕީގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އަންހެނުންނަށް އޮތް ފުރުސަތު ހަނިވުންކަމަށްވާއިރު، މި ކެމްޕެއިންގައި ފައްޔާޟު ގެންދަވަނީ އަންހެނުންނަށް އޮތް ފުރުސަތުތަކާއި، ކުރިމަގު ބައްޓަން ކުރާނެ ގޮތް ހާމަކޮށް ދެއްވަމުންނެވެ.

އެމްޑީޕީގެ އިންތިޚާބު އޮންނާނީ މިމަހުގެ 14 ވަނަ ދުވަހުއެވެ. މިއީ މިހާތަނަށް ސިޔާސީ ޕާޓީއެއްގެ އެތެރޭގައި ބޭއްވޭ އެންމެ ފޯރިގަދަ އިންތިޚާބަށް ވެގެންދާނެކަމަށް ގިނަ ބަޔަކު ދެކޭ އިންތިޚާބެކެވެ.