English Edition
Dhivehi Edition

ފްރާންސް ލީގުގެ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ބްރެޒިލްގެ ޒުވާން ފޯވާޑް ނޭމާ ހޯދާއިފިއެވެ

މިދިޔަ ސީޒަންގައި ސްޕެއިންގެ ބާސެލޯނާއިން ދުނިޔޭގެ ރެކޯޑު އަދަދެއް ކަމަށްވާ 222 މިލިއަން ޔޫރޯއަށް ޕީ އެސްޖީ އާއި ގުޅުނު ނޭމާ ޕްރާންސް ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ހޯދާފައި ވަނީ 20 މެޗުގައި 19 ގޯލު ޖަހައި 13 އެސިސްޓު ކޮށްގެންނެވެ.

ފްރާންސް ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ ނޭމާ ހޯދާފައި ވީ ނަމަވެސް ނޭމާ ވަނީ ފައިގެ ކުޑަ ހުޅަށް ލިބުނު އަނިޔާ އަކާއި ގުޅިގެން ކުރި އޮޕަރޭޝަނަކާއި ގުޅިގެން ގިނަ ދުވަހު ކުޅުމާއި ދުރުގައި ހުރުމަށްފަހު ޓީމާއި އެކު މި ހަފްތާގައި ފަރިތަކުރުން ތަކުގައި ބައިވެރިވެފައެވެ.

މިސީޒަނަށް ފަހު ސްޕެއިންގެ އެންމެ ކާމިޔާބު ކުލަބް ރިއަލްމެޑްރިޑް އާއި އޭނާ ގުޅޭނެ ކަމަށް ބެލެވުނު ނަމަވެސް އެވޯޑް އާއި ހަވާލު ވުމަށް ފަހު އޭނާ ބުނީ މިވަގުތު އިތުރު ކުލަބްއަކަށް ދާނެތޯ ނޫންތޯ މިކަމާއި ބެހޭ ގޮތުން އެއްވެސް އެއްޗެށް ބުނަން ބޭނުން ނުވާ ކަމަށާއި ޕީއެސްޖީގައި ހުރީ އުފަލުން ކަމަށެވެ.

ހަތަރު އަހަރުގެ ތެރޭގައި ތިން ވަނަ ފަހަރަށް ޕީ އެސްޖީ އިން ވަނީ ފްރާންސް ގެ ހުރިހާ ތަށިތައް އުފުލާފައި ވާއިރު ޕީއެސްޖީއިން ވަނީ މިސީޒަންގައި ޕްރާންސް ލީގުގެ ހުރިހާ މުބާރާތެއް ކާމިޔާބުކޮށްފައެވެ.

ނޭމާ ބުނީ”މިއީ ޓްރާންސްފާގެ ވާހަކަ ދައްކަން ބޭނުންވާ ވަގުތެއް ނޫން،މިވަގުތު ހުރިހާ ވިސްނުމެއް ހުރީ ވޯލްޑް ކަޕްގައި ގައުމަށް ކާމިޔާބީ ހޯދައިދެވޭނީ ކިހިނެއްތޯ އާއި ބެހޭ ގޮތުންކަމަށް”އޭނާ ބުންޏެވެ.