English Edition
Dhivehi Edition

ޕްރިމިއާ ލީގުގައި މިސީޒަންގައި އެންމެ ގިނަ ލަނޑު ޖަހައި ލިވަޕޫލްއަށް ކުޅޭ މިސްރުގެ ފޯވާޑް މުހައްމަދު ސަލާހް ރަން ބޫޓު އެވާޑު ހާސިލް ކޮށްފި އެވެ.

މި ސީޒަންގައި ލީގުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ޝަރަޕް ސަލާޙް ހޯދާފައިވާއިރު އޭނާ ވަނީ މިސީޒަންގައި ޕްރިމިއަ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވާޑް އާއި ޕްލެއާ އޮފް ދި މަންތު އެވާޑް ހަތަރު ފަހަރު ހޯދާފައެވެ.

އެންމެ ގިނަ ލަނޑު ޖަހައި ސަލާހް ރަންބޫޓް ހޯދާފައިވަނީ ލިވަޕޫލްއަށް 32 ލަނޑު ކާމިޔާބުކޮށްދީގެންނެވެ.އަދި މި އެވޯޑަށް އޭނާއާ އެންމެ ގާތުން ވާދަކޮށްފައިވަނީ ޓޮޓެންހަމްގެ ހެރީ ކޭންއާއި މެންޗެންސްޓަރ ސިޓީގެ އަގުއޭރޯއެވެ.