English Edition
Dhivehi Edition

އަންނަ މަހު ރަޝިޔާގައި ފަށާ ދުނިޔޭގެ އެންމެ ޝަރަފުވެރި މުބާރާތް ކަމުގައިވާ ފީފާ ވޯލްޑް ކަޕްގައި ކުޅުމުގެ ފުރުސަތު ބްރެޒިލްގެ އަލްވޭސް އަށް ގެއްލިޖެއެވެ.

އަނިޔާގެ ސަބަބުން މިއަހަރުގެ ވޯލްޑް ކަޕްގައި ޕީއެސްޖީ އަށް ކުޅެމުން އަންނަ ބްރެޒިލްގެ ތަޖުރިބާކާރު ޑިފެންޑަރު ޑެނިއަލް އަލްވޭސް އަށް ނުކުޅެވޭނެކަން ޔަގީންކަން ބްރެޒިލްގެ މެޑިކަލް ޓީމުން މިހާރުވަނީ ދީފައެވެ.

ބްރެޒިލް ގައުމީ ޓީމްގެ އެންމެ މުހިން ކުޅުން ތެރިޔާ އުމުރުން 35 އަހަރުގެ އަލްވޭސްއަށް އަނިޔާވެފައިވަނީ ފްރެންޗް ކަޕްގެ ފައިނަލްގައި ކުޅެނިކޮށް ކަނާތު ފައިގެ ލިގަމެންޓަށް ލިބުނު އަނިޔާ އަކީއި ގުޅިގެންނެވެ.ވެ.

އެ މެޗުގައި ލިގަމެންޓަށް އަނިޔާވި ނަމަވެސް ވޯލްޑް ކަޕް ކުޅެވޭނެ ކަމަށް ކުރިން ޕީއެސްޖީގެ މެޑިކަލް ޓީމުންނާއި ބްރެޒިލްގެ ގައުމީ ޓީމުގެ މެޑިކަލް ޓީމުން ކުރިން ބުނިނަވެސް ބްރެޒިލްގެ ފުޓްބޯޅަ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ” އަނިޔާއާ ގުޅިގެން އަލްވޭސް އަށް ކުރިން ކުޅެވޭނެ ކަމަށް ބެލެވުނު ނަމަވެސް ސާޖަރީއެއް ހަދަންޖެހޭތީ އޭނާއަށް ސީޒަން ނިމިފައިވާކަމަށާއި ވޯލްޑް ކަޕްގައި ކުޅުމުގެ އެއްވެސް ފުރުސަތެއް އަލްވޭސް އަށް ނެތްކަމަށް” ބަޔާނުގައިވެއެވެ.

މީގެ ކުރިން 2010 އަދި 2014 ވަނަ އަހަރު ބްރެޒިލްގެ ގައުމީ ޓީމުގައި ހިމެނި ވޯލްޑްކަޕް ކުޅެފައިވާ އަލްވޭސް ވަނީ ގައުމީ ޓީމަށް 106 މެޗު ކުޅެދީފައެވެ.

ފަސް ފަހަރު ފީފާ ވޯލްޑް ކަޕް ކާމިޔާބުކޮށް މިހަރު މުބާރާތުގެ ފެވަރިޓުންގެ ގޮތުގައި ހިމެނޭ ބްރެޒިލމިފަހަރު ލައްވާލާފައިވަނީ ގްރޫޕް އީގައެވެ.ބްރެޒިލްގެ އިތުރުން ދެން މި ގްރޫޕްގައި ހިމެނެނީ ސްވިޒަލޭންޑާއި ކޮސްޓަރީކާގެ އިތުރުން ސާބިއާއެވ

މުބާރާތުގެ ފުރަތަމަ މެޗުގައި އަންނަ މަހުގެ 17 ވަނަ ދުވަހު ބްރެޒިލް ނިކުންނާނީ ސްވިޒަލޭންޑާ ދެކޮޅަށެވެ.