ސްޕެނިޝް ލަލީގާގައި އެންމެ ފަހުގެ ޗެމްޕިއަން ރިއާލް މެޑްރިޑާއި ސެލްޓާ ވިގޯ ބައްދަލު ކުރި މެޗު ފަސޭހަ ކަމާއި އެކީ ތަފާތު ބޮޑު ނަތީޖާ އަކުން ރިއާލް މެޑްރިޑުން މެޗު ކާމިޔާބު ކޮށްފި އެވެ.
ލަލީގާ ގައި ރޭ ކުޅުނު މިމެޗު ރިއާލް މެޑްރިޑުން ކާމިޔާބު ކުރީ 6-0 ލަނޑުންނެވެ.
އެންމެ ފަހުން ލީގުގައި ކުޅުނު މެޗުން ބަލިވި ނަމަވެސް ރޭގެ މެޗުގައި ފުރަތަމަ އެގާރައިގައި ކުޅޭ ގިނަ ކުޅުން ތެރިންނަށް އަރާމު ކުރުމަށް ފުރުސަތު ދީގެން ކުޅުނު މިމެޗުގައި ރިއާލްގެ ފުރަތަމަ ލަނޑު މެޗުގެ ވަރަށް ކުރީކޮޅު ގެރެތު ބޭލް ކާމިޔާބުކޮށްދިން އިރު ބޭލް ވަނީ މެޗުގެ 30 ވަނަ މިނެޓުގައި ރިއާލްއަށް ދެވަނަ ލަނޑު ކާމިޔާބުކޮށްދީ މެޗުގެ ލީޑު ފުޅާކޮށްދީފައެވެ.
ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ރިއާލްއިން ވަނީ ފުރަތަމަ ހާފު ނިމުގެ ކުރިން އިސްކޯ ޖަހައިދިން ލަނޑުން ތިން ގޯލްގެ ލީޑަކާއި އެކު ފުރަތަމަ ހާފް ނިންމާލާފައެވެ.
ރިއާލް މެޑްރިޑުގެ ފަރާތުން ފުރަތަމަ ހާފް އަކީ ވެސް އެއް ގޮތަށް ދެވަނަ ހާފްގައި ވެސް ވަރުގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ހަކީމީ ވަނީ މެޗުގެ ހަތަރު ވަނަ ލަނޑު ދެވަނަ ހާފް ފެށިގެން މާގިނަ އިރު ނުވަނީސް ކާމިޔާބުކޮށްފައެވެ.އަދި ރިއާލްގެ 5 ވަނަ ލަނޑު ސެލްޓާގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަދެފައިވާއިރު ރިއާލްގެ 6 ވަނަ ލަނޑު ޖެހީ ޓޯނީ ކްރޫސް އެވެ.
ތަފާތު ބޮޑު ނަތީޖާއަކުން ސެލްޓާ ވީގޯ ބަލިކޮށް ރިއާލް މެޑްރިޑުން މެޗު ކާމިޔާބު ކުރި ނަމަވެސް ބާސެލޯނާއިން ވަނީ ރޭގެ މެޗުގެ ކުރިން ވެސް ލީގުގެ ތަށި ކަށަވަރުކޮށްފައެވެ.
ރޭހެ މެޗުން މޮޅުވި ރިއާލް 37 މެޗުން 75 ޕޮއިންޓާއެކު ތާވަލުގެ 3 ވަނަ މަގާމު ކަށަވަރު ކޮށްފައިވާއިރު 78 ޕޮއިންޓާއެކު އެތުލެޓިކޯ އޮތީ ތާވަލްގެ ދެވަނާގައެވެ.އަދި ލީގު ތަށު ކަށަވަރުކޮށްފައިވާ ބާސެލޯނާ ލިބިފައިވަނީ 90 ޕޮއިންޓެއެވެ.