English Edition
Dhivehi Edition

ޕީޕީއެމްގެ ވަފުދެއް ތުލުސްދޫ ދާއިރާއަށް ދަތުރެއް ފަށައިފިއެވެ. އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ވިދާޅުވެފައިވަނީ އެއީ ރޯދައިގެ ފަހުން އެކިދާއިރާތަކަށް ކުރަން ނިންމާފައިވާ ދަތުރުތަކުގެ ތެރެއިން ދަތުރެއް ކަމަށެވެ. އެދަތުރު ފެށިއިރު އެދާއިރާ މީގެ ކުރިން ތަމްސީލް ކުރަމުން ގެންދެވި މުހައްމަދު ވަހީދު އިބްރާހީމްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ރައްޔިތުންގެ މަޖިލީހަށް އަންގަވައިފައެވެ. އެހެންނަމަވެސް މިއީ އެކަމާ ގުޅިގެން ކުރާ ކެންޕޭން ދަތުރެއް ނޫންކަމަށް ނިހާން ވިދާޅުވިއެވެ. މި ދަތުރާ އެކަމާ ދިމާވުމަކީ އިއްތިފާގެއް ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ. ކެންޕޭން ދަތުރު ކުރާކަމަށްވާނަމަ މިހާރަށްވުރެވެސް ބޮޑަށް ރޭވިގެން އެކަންކަން ފަހުން ކުރިއަށްދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ. މިދަތުރުގެ ހަމައެކަނި މަގުސަދަކީ އެދާއިރާގެ ޕީޕީއެމް މެންބަރުންނާ ބައްދަލު ކުރެއްވުމެވެ. ދަތުރުގައި ޕީޕީއެމްގެ ޕީޖީގެ ޑެޕިޔުޓީ ލީޑަރާއި ތިމާވެއްޓާ ބެހޭ ވަޒީރާއި ޕީޕީއެމްގެ އިސް ބައެއް ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވައެވެ.

ޓެގު