English Edition
Dhivehi Edition

ޤާނޫނީ ވަކީލު ހިސާން ޙުސެއިން ކްރިމިނަލް ކޯޓަށް ޙާޒިރުވާން ޗިޓް ފޮނުވައިފިއެވެ.

ހިސާން ކޯޓަށް ޙާޒިރުވާން ޗިޓް ފޮނުވާފައިވަނީ ދެ ފަނޑިޔާރުންގެ މައްޗަށް އިއްވި ހުކުމަކާ ގުޅިގެން އެ ހުކުމަށް ފާޑުކިޔައި މީޑިއާއަށް ދިން އިންޓަވިއުއަކާ ގުޅިގެންނެވެ. އެ ދެބޭފުޅުންގެ ޤާނޫނީ ވަކީލަކީ ހިސާން ޙުސެއިންއެވެ.

ޓްވިޓާގައި ހިސާންވަނީ އޭނާ ކްރިމިނަލް ކޯޓަށް ހާޒިރުވުމަށް އަންގާފައިވާ ކަމަށް ބުނެފައެވެ. އަދި އެންގި ޗިޓްވެސް ވަނީ ޓްވިޓާގައި ހިއްސާކޮށްފައެވެ. ކްރިމިނަލް ކޯޓުން ހިސާންއަށް ފޮނުވި ޗިޓްގައި ބުނެފައި ވަނީ ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ މައްސަލާގައި ދެ ފަނޑިޔާރުންނަށް އިއްވި ހުކުމަށް ފަހު މީޑިއާތަކަށް ދެއްވި އިންޓަވިއުއާ ގުޅިގެން އެ ކޯޓަށް ހިސާން ހާޒިރުވާން އަންގާ ކަމަށެވެ.

ހިސާން ހުސެއިން ކޯޓަށް ހާޒިރުވުމަށް އަންގާފައިވަނީ މާދަމާ ހެނދުނު 10:00 އަށެވެ.