އާދައިގެ މަތިން ކޮންމެ އަހަރަކުވެސް ރޯދަމަހާއި ދިމާކޮށް އިސްލާމިކް މިނިސްޓްރީން ދިވެހިނ ރައްޔިތުންނަށް ކަދުރު ބަހައެވެ. އެހެން ނަމަވެސް މި އަހަރު އެ ކަދުރު އަދި ލިބިފައިނުވާ ކަމަށާއި ލިބުމުން ބަހާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
ކޮންމެ އަހަރަކު ވެސް ރޯދަމަހާއި ދިމާކޮށް ސަޢޫދީ އިން ރާއްޖެއަށް ގިނަ ޢަދަދެއްގެ ކަދުރު ހަދިޔާ ކުރެއެވެ. ފާއިތުވީ އަހަރުވެސް 50 ޓަނުގެ ކަދުރު ރާއްޖެއަށް ލިބުނެވެ. މިދިޔަ އަހަރުވެސް ރާއްޖޭގެ ބައެއް ހިސާބު ތަކަށް އެ ކަދުރު ލިބިފައިނުވާ ކަމަށް ގިނަ މީހުން ބުނަމުން ދިޔައެވެ. ކޮންމެ ރޯދަމަހަކަށް ސައޫދީއިން ހަދިޔާ ކުރަމުންދާ މި ކަދުރަކީ އެއަށް ވަރަށް ގިނަ ރައްޔިތަކު އިންތިޒާރު ކުރާ އެއްޗަކަށް އޮންނަނީ ވެފައެވެ.
މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރުވެސް ރޯދައާއި ދިމާކޮށް ރައްޔިތުންނަށް ރައީސް ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމްގެ ޖަމިއްޔާ ޞަދަޤާތު ފައުންޑޭޝަނުން އެކަމަނާގެ ހެޔޮއެދުންތަކާއެކު ކަދުރު ބައްސަވަން ވަނީ ފައްޓަވާފައެވެ.