އިދިކޮޅު ލީޑަރުންގެ ތެރޭގައި ކޮރަޕްޝަންގެ ވާހަކަ ދެއްކޭނެ ލީޑަރަކު ނުހުންނާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ
އަލިމަސްކާނިވަލްގައި ބޭއްވި “ހެސްކިޔާފައި” ޖަލްސާގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ ރާއްޖޭގެ ހަގީގީ ކުރުވާހަކައިން އިބުރަތް ހާސިލް ކުރަންޖެހޭ ކަމަށާއި ހަގީގަތަކީ ކޮރަޕްޝަންގެ ވާހަކަ ދެއްކޭނެ އެއްވެސް ލީޑަރަކު އިދިކޮޅުގައި ނެތްކަންކަމަށެވެ. އަދި ކޮރަޕްޝަންގެ މައްސަލާގައި ސަރުކާރުގެ މައްސަލައެއް ނެތްކަން ދޭހަކޮށްދެނީ ކޮރަޕްޝަންގެ މައްސަލަތަކުގައި ހިމެނޭ މީހުން އެއްގަލަށް އަރައިގެން ސަރުކާރަށް ދަތިކުރަން ކުރި މަސައްކަތް ކަމަށެވެ.
އިދިކޮޅު ކޯލިޝަނަށް ފާޑިވިދާޅުވެ ވާހަކަދައްކަމުން ޔާމީން ވިދާޅުވީ ލީޑަރުން އިސްކަމެއްދީގެން ކޮރަޕްޝަން ނައްތާލަން މަސައްކަތްކުރި ނަމަ ރާއްޖޭގައި ހިނގާދިޔަ އެންމެ ބޮޑެތި ކޮރަޕްޝަންގެ މައްސަލަތަކަށް ހުންނަންވާނީ ފިޔަވަޅު އަޅާފައި ކަމަށާއި އެ މައްސަލަތަކާ މެދު ފިޔަވަޅު އެޅުނުނަމަ ކޮރަޕްޝަންގެ އިތުރު އަމަލުތަކެއް ނުހިނގާނެކަށެވެ
މީގެ އިތުރުން ޔާމީން ވިދާޅުވީ ހަގީގީ މައްސަލަ އަކީ އުސޫލުތައް ތަންފީޒު ކުރަން އުޅޭތީ ދިމާވެގެން އުޅޭ މައްސަލަތަކެއް ކަމަށެވެ