English Edition
Dhivehi Edition

އުމުރުން 16 އަހަރުގެ އަންހެން ކުއްޖަކަށް އޮޅުވާލުމަށް ފަހު ދެ ފިރިހެނަކު 29000ރުޕީޒް ފޭރިގަތުމުން އެއަންހެން ކުއްޖާ އަމިއްލައަށް ދަންޖެހިގެން މަރު ވެއްޖެއެވެ.

މިހާދިސާ ހިނގާފައި ވަނީ މިމަހުގެ ނުވަވަނަ ދުވަހު އިންޑިޔާގެ ނިއުދިއްލީ ގައެވެ. ނީޝާ ނަމަކަށް ކިޔާ މި ކުއްޖާ އޭޓީއެމް އަށް ދިޔައީ ހޯމަދުވަހު ހެނދުނު 11 ޖެހި އިރު ބައްފަގެ އެދުމަކަށް ދެ ޑެބިޓް ކާޑްހިފައިގެން ނެވެ. ނީޝާގެ ދައްތަ ޓައިމްސް އޮފް އިންޑީޔާ އާ ހަވާލާދީ ބުނެފައި ވަނީ ބައްޕަ ނީޝާ އޭޓީއެމް އަށް ފޮނުވީ ބައްޕަގެ ބޭސް ފަރުވާ އަށް އަދި ގޭގެ ހަރަދަށް 6000ރުޕީސް ނެގުމަށެވެ. ނަމަވެސް އެވަގުތު އޭޓީއެމް ކައިރިން ދެ ފިރިހެނަކު ނީޝާ ކައިރީ ބެލެންސް ބެލުމަށް ދެ ޑެބިޓް ކާޑްވެސް މެޝިނަށް ލެއްވުމަށް ފަހު ނެގުމަށް އެދިފައި ވާކަމަށެވެ. ނީޝާ އެ ދެމީހުން ކައިރީ ފޯނަށް ބެލެންސް އަންނާނެ ކަމަށް ބުނުމުން ވެސް އެދެމީހުން ދެވަނަފަހަރަށް އެދުމުން ނީޝާ ކާޑް ލެއްވުމަށް ފަހު ނަގައިގެން ގެއަށް ދިޔައީކަމަށެވެ.

ނީޝާގެ ދައްތަ އިތުރަށް ކިޔައިދީފައި ވާގޮތުގައި ނީޝާ ގެއަށް އައުމުން ބައްޕަ އެދުވަހު އެހާގިނަ ރުޕީޒް ނެގީ ކީއްކުރަންތޯ ސުވާލު ކުރުމުން ނީޝާ ނެގީ ބައްޕަ ބުނި ވަރަށް ކަމަށް ބުނެ އެދެމީހުން ނާދިމާވި ވާހަކަ ކިޔައިދިނެވެ. ބޭންކް މެސްޖްގައި ވާގޮތުން ނީޝާވަނީ އެއް އެކައުންޓްއިން 10000 އަދި އަނެއް އެކައުންޓްއިން 19000 ރުޕީޒް ނަގާފައެވެ. ނީޝާގެ ދައްތަ ބުނެފައި ވަނީ މުޅި އެދުވަހު ނީޝާ އެހާދިސާ އާއި މެދު ވިސްނާ ރޮއެ ހިތާމަ ކުރިކަމަށެވެ.

ޖެހިގެން އައި އަންގާރަ ދުވަހު ނީޝާގެ ހަބަރެއް ނުވެގެން އެމީހުން ދިރިއުޅޭގޭގެ ތިންވަނަބުރީގައި ހުންނަ ނީޝާއުޅޭ ކޮޓަރީގެ ދޮރުހަލާކު ކޮށްލާ ވަދެ ބެލިއިރު ނީޝާ ހުރީ ސީލީންގައި ދަންޖެހިގެން މަރުވެފައެވެ. ނީޝާ ދަންޖެހިގެން މަރުވެފައި ހުއްޓާ ފެނުނު ކޮޓަރީގައި ސުއިސައިޑް ނޯޓް އެއް ނެތުމުން ފުލުހުން ބުނެފައިވަނީ ނީޝާ އަމިއްލައަށް މަރުވެފައި ވަނީ ނީޝާގެ ބައްޕަގެ އެކައުންޓް އިން ރުޕީޒް ގެއްލުމުގެ ސަބަބުން ކަމަށް ލަފާކުރެވޭ ކަމަށެވެ. ނަމަވެސް އޭޓީއެމް ކައިރިން ނީޝާއާއި ދިމާވެ ބޭންކް އެކްއުންޓްއިން ދެމީހަކު ރުޕީޒް ނަގާފައި ވާތީއާއި އެދެމީހުން ނީޝާގެ މަރުގެ ފަހަތުގައި ވާތީ މިހާރު ނިއުދިއްލީގެ (ވަރކާ) ގެ ފުލުހުން ދަނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.