English Edition
Dhivehi Edition

އިންޑިއާގެ ކޮވިޑްގެ ހާލަތު ކޮންޓްރޯލް ނުވެ މިއަދާހަމައަށް އެގައުމުން ޕޮޒިޓިވްވީ މީހުންގެ އަދަދު 3،23144 (ތިންލައްކަ ތޭވީސްހާސް އެއްސަތޭކަ ސާޅީސްހަތަރެއް) ކަށް އަރައިފި ކަމަށް އެގައުމުގެ ސިއްހީ ވުޒާރާއިން ހާމަކޮށްފިއެވެ.

ކަމާބެހޭ ފަރާތުން ހާމަކުރާގޮތުގައި ޕޮޒިޓިވްވާ މިންވަރު ކޮންޓްރޯލް ނުވާއިރު، ފާއިތުވެދިޔަ 24ގަޑިއިރުތެރޭގައި އެގައުމުގައި 2771މީހަކު މިބަލީގައި މަރުވެފައިވާ ކަމަށެވެ.

މުޅިގައުމަށް އައިސްފައިވާ މިބޮޑު ލޮޅުމުގައި އެމެރިކާއިން ވެކްސިން އަދި އޮކްސިޖަން ފުޅިތައް “ސްޓްރައިކް ޓީމް” އެއް މެދުވެރިކޮށް މިހާރުވަނީ އިންޑިއާއަށް މިތަކެތި ފޯރުކޮށްދީފައެވެ. އެގޮތުން އެމެރިކާއިން ފޮނުވި އޮކްސިޖަން ފުޅިތައް އެކި އެކި ހޮސްޕިޓަލްތަކަށް ފޯރުކޮށް ދިނުމަށް އިންޑިއާގެ ރޭލް ތައް ހުއްޓުމެއްނެތި ދަތުރު ކުރަމުންދާކަމަށް މައުލޫމާތު ލިބެއެވެ.

އިންޑިއާގައި 3ލައްކަ އަށްވުރެ ގިނަ މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށް ވަނީ ރެކޯޑް ކުރެވިފައެވެ. އިންޑިއާގެ ހާލަތު އެންމެ ގޯސް އެއް ސިޓީއަކީ ވެރިރަށް ނިއުދިއްލީއެވެ. ނިއު ދިއްލީގައި މެއި މަހުގެ 3 ވަނަ ދުވަހާ ހަމައަށް ލޮކްޑައުންކޮށްފައިވާ އިރު، އޮކްސިޖަން ލިބުމުގައި ވެސް ދަތިތަކާ އެ ސިޓީގައި ކުރިމަތިވެފައިވެއެވެ. އިންޑިއާއިން މިހާތަނަށް އޭޕްރީލް 26 އާހަމައަށް 28,09,79,877 ސާމްޕަލް ނަގާފައިވާ އިރު އޭގެތެރެއިން 16,58,700 ސާމްޕަލްގެ ނަތީޖާ ލިބިފައިވެއެވެ.

މިވަގުތު އިންޑިއާއަށް އެހީވަމުން އަންނަ ގައުމުތަކުގެ ތެރޭގައި ސައުދީ، އެމެރިކާ، ޗައިނާ އަދި އިނގިރޭސިވިލާތް ހިމެނެއެވެ.